ކްރޮއޭޝިއާ

Jun 14, 2024, 10:30 AM
ކްރޮއޭޝިއާ

ކްރޮއޭޝިއާ އަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުން ކޮލިފައިވި ހަތަރު ޓީމުގެ ތެރެއިން ޓީމެކެވެ. ކްރޮއޭޝިއާ އިން އަންނަނީ 2004 ވަަނަ އަހަރުން ފެށިގެން ގަވާއިދުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންނެވެ. މިއީ، ކްރޮއޭޝިއާ އިިން ޔޫރޯ ފުޓްބޯޅަ މުބާާރާތުގައި ވާދަކުރާނެ، ހަތް ވަނަ ފަހަރެެވެ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް ކުޅެފައިވާ ކްރޮއޭޝިއާ އަށް މިހާތަނަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ދުރަށް ވެސް ދެވިފައިވަނީ ކުއާޓާ ފައިނަލަށެވެ. އެ ޓީމުން ދެ ފަހަރެއްގެ މަތިން ކުއާޓާ ފައިނަލުގައި ކުޅެފައިވާއިރު، އެންމެ ފަހުން ދެ ފަހަރު، ކްރޮއޭޝިއާ ޔޫރޯ އިން ކެޓީ، ގަދަ 16 ބުރުންނެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯގައި ގްރޫޕް ސްޓޭޖުގައި އެއް މެޗުން މޮޅުވެގެން، ދެ ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ބުރަށް ދަތުރުކޮށް، އެ ބުރުގައި، ކްރޮއޭޝިއާ ބަލިވީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ސްޕެއިން އަތުން، 5-3 އިންނެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާާރާތުގައި ކްރޮއޭޝިއާ ހިމެނިފައިވަނީ، މަރުގެ ގްރޫޕެއްގަ އެވެ. މި ގްރޫޕްގައި، ސްޕެއިނާއި އިޓަލީ ހިމެނޭއިރު، ދެން އޮތީ، އަލްބޭނިއާ އެވެ. ކްރޮއޭޝިއާ އިން ގްރޫޕް ފަހަނައަޅައި ދިއުމަށް މި ފަހަރުގެ މުބާރާތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފެންނާނެ ކޯޗުންގެ ތެރެއިން އެއް ޓީމަކުން އެންމެ ގިނަ އަހަރުތަކެއް ވަންދެން ފެންނާނެ އެއް ކޯޗަކީ، ކްރޮއޭޝިއާގެ ބެންޗުން އެ ޓީމަަށް އިރުޝާދުދިނުމުގައި ހުންނާނެ، ޒްލަޓްކޯ ޑާލިޗް އެވެ. ޑާލިޗަކީ މިހާރު ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭނެ ކޯޗެކެވެ.

ކްރޮއޭޝިއާ ޓީމު މި ފަަހަރު ވެސް އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިއަކީ އެ ޓީމުގެ މިޑްފީލްޑަރު، ލޫކަ މޮޑްރިޗް އެވެ. މޮޑްރިޗް، 38، އަކީ ކްރޮއޭޝިއާ ޓީމުގެ ރޫހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox