ޖީލެއްގެ ނިމުން: ކްރޮއޭޝިއާ އިން އާ ފޯމިއުލާއެއް ހޯދަންޖެހޭ

Jul 4, 2024, 5:45 AM
ޖީލެއްގެ ނިމުން: ކްރޮއޭޝިއާ އިން އާ ފޯމިއުލާއެއް ހޯދަންޖެހޭ

ކްރޮއޭޝިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޒްލަޓްކޯ ޑާލިޗް، މިދިޔަ ހަތް އަހަރު މަސައްކަތްކުރިއިރު، އެ ޓީމުން ވަނީ ބޮޑެތި ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކްރޮއޭޝިއާ ކެޓިއިރު، އެ ގައުމުގެ ފުޓްބޯޅައިގެ ޖީލެއްގެ ނިމުން މިހާރު ގާތްވެފައިވާ ކަމަށާއި، "އާ ފޯމިއުލާ، އާ ވިސްނުންތަކެއް" ގެނެސްގެން ކުޅުންތެރިން ގައުމީ ޓީމަށް ނެރެންޖެހޭ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައި، ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި ކާމިޔާބީ ތަކުގައި، އިސް ރޯލެއް ކުޅެފައިވާ، ހަތް ކުޅުންތެރިއަކު މިހާރު ހުރީ ގައުމީ ޓީމުގެ ކެރިއަރުގެ ފަހު ފޭސްގަ އެވެ. އެ ކުޅުންތެރިންނަކީ، ޑޮމަގޯއި ވީޑާ (35 އަހަރު)، ލޫކަ މޮޑްރިޗް (38 އަހަރު)، މާސެލޯ ބްރޮޒޮވިޗް (31 އަހަރު)، މަޓެއޯ ކޮވަސިޗް (30 އަހަރު)، އިވާން ޕެރިސިޗް (35 އަހަރު)، އަންޑްރޭ ކްރަމަރިޗް (32 އަހަރު) އަދި އަންޓޭ ބުޑިމީރް (32 އަހަރު) އެވެ.

Advertisement

މި ފަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ކެޓީ މޮޅެއް ނުލިބި އެވެ. ދެ މެޗެއްގައި، ފަހު ވަގުތު ލީޑުގައި ވެސް އޮތެވެ. އެކަމަކު ދެ މެޗުން ވެސް ވީ އެއްވަރެވެ. އެއީ، އަލްބޭނިއާ އާއި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުތަކުގަ އެވެ. ސްޕެއިނާ ދެކޮޅަށް ކުޅެ 3-0 އިން ބަލިވި އެވެ.

ކްރޮއޭޝިއާގެ ކޯޗް، ޑާލިޗް އަށް މި ފަހަރުގެ ޔޫރޯގައި އޭނާގެ އެންމެ ރަނގަޅު ފުރަތަމަ އެގާރަ ނުނެގުނު ސަބަބަކީ، ކުރީގެ ކުޅުންތެރިންނަށް ބަރޯސާވެފައި އޮތްއޮތުން، ސިކުނޑިން ފޮހެލައި، އާ ވިސްނުންތަކެއް ނުގެނެވިގެން ކަމަށް ޔޫރަޕްގެ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ކްރޮއޭޝިއާ އަށް ވަނީ މި ފަދަ ކަމެއް ތަޖުރިބާކުރަން ޖެހިފަ އެވެ. ނުވަ ދިހައިގެ އަހަރުތައް ފެށިގެން ޑިވެލޮޕްވަމުން އައި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ރަނގަޅު ޖީލެއް ވަނީ، 1998 ވަަނަ އަހަރު ގިނަ ބަޔަކު ހައިރާންކޮށްލައި، އެ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެެވެ. އެކަމަކު، 2000 ގެ ޔޫރޯ އަށް އެ ޓީމު ކޮލިފައިނުވެ، ދެން، 2002 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ވެސް ކެޓީ އެވެ. މިއީ، ޑާވޯ ސުކާ އާއި ރޮބާޓް ޕްރޮސިނޭކީ ފަދަ ތަރިންގެ އޮއްސުން ގައުމީ ޓީމުގައި އައި ގޮތެވެ.

އޭގެ ފަހުން، ކްރޮއޭޝިއާ ޓީމެއް ބިލްޑް ކުރަން ފެށި މަސައްކަތުގައި ނަތީޖާގެ ކުލަވަރު ފެންނަން ފެށީ 2008 ވަނަ އަހަރު އެވެ. އެއީ މިހާރު ތިބި މޮޑްރިޗް އާއި ވީޑާ ފަދަ ކުޅުންތެރިން ގައުމީ ޓީމަށް އައި ހިސާބެވެ. މަޑުމަޑުން ކްރޮއޭޝިއާގެ ލެވަލް މައްޗަށް ގޮސް، އެ ޓީމުގެ އެންމެ ރަނގަޅު ކުޅުންތައް 2016 އިން ފެށިގެން މުބާރާތްތަކުގައި ފެންނަން ފެށި އެވެ. އަދި އެ ފޯމު އެންމެ ފަހުގެ ވޯލްޑް ކަޕްގައި ވެސް އެ ޓީމުން ފެނުނުއިރު، މި ފަހަރުގެ ޔޫރޯގައި ފެނިގެންދިޔަ މަންޒަރަކީ، ކްރޮއޭޝިއާ ފުޓްބޯޅަ މަޑުމަޑުން އާ މިސްރާބަކަށް ދާން ޖެހޭ ކަމުގެ ސަބަބެވެ.

އާ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދީ، ގައުމީ ޓީމުގެ ތެރެއިން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދީ، ޑިވެލޮޕްމަންޓްގެ ކަންކަން ކުރިއަށް ވުރެ ރަނގަޅު ކުރަން ޖެހޭ ސަބަބުތައް މިހާރު މާ ބޮޑަށް ވެސް އަވަސްކުރަން ޖެހޭ ކަމަށް ކްރޮއޭޝިއާގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ.

އެހެންކަމުން، ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން އަކީ ކްރޮއޭޝިއާގެ ގައުމީ ޓީމު އަލުން ބިނާކުރުމުގެ ފެށުމަށްވާން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox