ނޭޝަންސް ލީގު: ސްޕެއިން ފަހު ވަގުތު މޮޅު، ކްރޮއޭޝިއާ އާއި ޑެންމާކް ކުއާޓާ އަށް

Nov 19, 2024, 4:27 AM
ސްޕެއިންގެ ޕެޑްރީ (ކ) އާއި ޕީނޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސްޕެއިންގެ ޕެޑްރީ (ކ) އާއި ޕީނޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސްޕްލިޓް، ކްރޮއޭޝިއާ (ނޮވެމްބަރު 19) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިނުން ފަހު ވަގުުތު 3-2 އިން ސްވިޒަލެންޑް އަތުން މޮޅުވިއިރު، މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކްރޮއޭޝިއާ އާއި ޑެންމާކް އިން ހޯދައިފި އެވެ.

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް ރޭ ކުޅުނުއިރު، ގްރޫޕް އެކެއްގައި، ޕޯޗުގަލް އާއި ކްރޮއޭޝިއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ސްކޮޓްލެންޑް ވަނީ 2-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ.

ކްރޮއޭޝިއާ ދަނޑުގައި ކުޅުުނު މެޗުގައި ޕޯޗުގަލްގެ ޖޮއާއޯ ފެލިކްސް އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދީފައިވަނިކޮށް، ދެ ވަނަ ހާފުގައި ޖޮސްކޯ ގްވާޑިއޯލް ވަނީ ކްރޮއޭޝިއާ އަށް އެއްވަރުކޮށްދީފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޕޮލެންޑް ދަނޑުގައި ޖޯން މެކްގިން ވަނީ ސްކޮޓްލެންޑަށް ލީޑުނަގައިދީފަ އެވެ. ކަމިލް ޕިއަޓޯސްކީ ޕޮލެންޑަށް އެއްވަރުކޮށްދިން ނަމަވެސް، އިތުރު ވަގުތުގައި އެންޑީ ރޮބަޓްސަން ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ސްކޮޓްލެންޑް މޮޅުކޮށްދީފަ އެެވެ.

މި ގްރޫޕްގެ އެއް ވަނަ ޕޯޗުގަލް އިން ހޯދީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ކްރޮއޭޝިއާ ދެ ވަނަ އަށް ދިޔައީ ހަ މެޗުން އަށް ޕޮއިންޓާ އެކު އެވެ. އަދި ތިން ވަނައިގައި ނިންމި ސްކޮޓްލެންޑަށް ހަ މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، މި ގްރޫޕްގެ ފުލަށް ދިޔަ ޕޮލެންޑަށް ހަ މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފަ އެވެ.

ކްރޮއޭޝިއާގެ މޮޑްރިޗް އަތުން ބޯޅަ ހޯދަން ޕޯޗުގަލްގެ ފެލިކްސް މަސައްކަތްކުރަނީ.

ސްޕެއިނުން ރޭގެ މެޗުގައި ޔެރެމީ ޕީނޯގެ ގޯލުން ލީޑުނެގިއިރު، މިއީ ޕެޑްރީ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ރީބައުންސަކުން ޕީނޯ ޖެހި ގޯލެކެވެ. ޖޯލް މޮންޓޭރޯ، ދެ ވަނަ ހާފުގައި ސްވިޒަލެންޑަށް އެއްވަރުކޮށްދިންއިރު، ބްރަޔާން ހިލް ވަނީ އަލުން ސްޕެއިނަށް ލީޑުނަގައިދީފަ އެވެ. ސްވިޒަލެންޑަށް ދެ ވަނަ ފަަހަރަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އެންޑީ ޒެކީރީ އެވެ. ސްޕެއިން މޮޅުވީ، އިތުރު ވަގުތުގައި ޕެނަލްޓީ އަކުން، ބްރަޔާން ޒަރަގޯޒާ ޖެހި ގޯލުންނެވެ.

މި ގްރޫޕްގައި ރޭ ސާބިއާ ދަނޑުގައި ޑެންމާކާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ސްޕެއިނުން މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ޑެންމާކަށް ހަ މެޗުން އަށް ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ސާބިއާ އަށް ހަ މެޗުން ހަ ޕޮއިންޓް ލިބުނެވެ. ހަ މެޗުން ދެ ޕޮއިންޓް ލިބުނު، ސްވިޒަލެންޑް ގްރޫޕްގެ ފުލުން ނިންމާލިއިރު، އެ ޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފަ އެވެ.

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ފީފާ ބްރޭކުގަ އެވެ. ކުއާޓާ ފައިނަލަށް ދިޔަ ޓީމުތަކަކީ، ޕޯޗުގަލް، ފްރާންސް، ޖަރުމަނު، ސްޕެއިން، އިޓަލީ، ނެދަލެންޑްސް، ޑެންމާކް އަދި ކްރޮއޭޝިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox