އިޓަލީގެ ނޫސްވެރިއަކަށް މޮޑްރިޗްގެ ހާއްސަ ޝުކުރެއް

Jun 28, 2024, 11:10 AM
އިޓަލީގެ ނޫސްވެރިއަކަށް މޮޑްރިޗްގެ ހާއްސަ ޝުކުރެއް

ލައިޕްޒިގު (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު އިޓަލީން ގޯލު ޖަހައި، ކްރޮއޭޝިއާއާ 1-1 އިން އެއްވަރުކުރިއިރު، ކޮރޮއޭޝިއާ މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ.

އެ މެޗަށް ފަހު، އިޓަލީގެ ނޫސްވެރިއަކު ކްރޮއޭޝިއާގެ މޮޑްރިޗަށް ތައުރީފުކުރިއިރު، އޭނާ ވަނީ އެ ނޫސްވެރިޔާ އަށް ޝުކުރުއަދާކޮށްފަ އެވެ.

Advertisement

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އިޓަލީގެ ނޫސްވެރިޔާ، ސުވާލެއް ކުރުމަށް އެދުމަށް ފަހު ބުނީ، އިޓަލީ މެޗުގައި މޮޑްރިޗް، 38، ގެ ފަރާތުން ފެނުނު ކުޅުމުގެ އިތުރުން، އޭނާގެ ކެރިއަރުގައި ފުޓްބޯޅަ އަށް ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެދެނީ މޮޑްރިޗް ފުޓްބޯޅަ ކުޅުން ހުއްޓާނުލަން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޖަވާބުގައި، މޮޑްރިޗް ބުނީ، އޭނާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް ޝުކުރު އަދާކުރާ ކަމަަށާއި އެކަމަކު، ކޮންމެ ވެސް ދުވަހަކުން ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހޭނެކަން ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ވެސް ކެރިއަރު ކުރިއަށް ގެންދަން ބޭނުން. އެކަމަކު އަންނާނެ ދުވަހެއް އަހަރެން ވެސް ކުުޅުން ހުއްޓާލަން ޖެހޭ. އަހަރެން ކުޅެވުނުހާ ދުވަހެއް ވަންދެން ކުޅެވޭތޯ ބަލާނަން. އަހަންނާ މެދު ތިޔަ ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރަން، ތިޔަ ބުނި ރަނގަޅު ބަސްތަކަށް ވެސް ޝުކުރު އަދާކުރަން،" މޮޑްރިޗް ބުންޏެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ މޮޑްރިޗްގެ ފަސް ވަނަ ޔޫރޯ އެވެ. އޭނާ ވަނީ 2008، 2012، 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯގައި ވެސް ކުޅެފަ އެވެ.

އިޓަލީ މެޗުގައި، ކްރޮއޭޝިއާގެ ކެޕްޓަން، މޮޑްރިޗް ޖެހި ޕެނަލްޓީ އިޓަލީ ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އެ ޕެނަލްޓީ މަތަކުރިތާ ކުޑައިރުކޮޅެއް ފަހުން، ކްރޮއޭޝިއާ އިން ކުރި އެޓޭކެއްގައި، އެ ޓީމުގެ އަންޓޭ ބުޑިމީރު ޖެހި ބޯޅައިން ކީޕަރު ޑޮނަރުންމާ އަތުގައި ޖެހިފައި އައި ރީބައުންސެއް ގޯލަށް ވައްދާލައި، މޮޑްރިޗް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އުމުރުން 38 އަހަރުގެ މޮޑްރިޗަކީ ޔޫރޯގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ފަހު ވަގުތު އިޓަލީން ކްރޮއޭޝިއާއާ އެއްވަރުކުރުމުން، އެ ޓީމު ދިޔައީ ގްރޫޕްގެ ތިން ވަނަ އެވެ. ކްރޮއޭޝިއާ ކެޓީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ގަދަ ހަތަރަކުން ވެސް ފުރުސަތު ނުލިބުމުންނެވެ. ހަ ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ރޭންކިން އަށް ބަލާއިރު، ކްރޮއޭޝިއާ ދިޔައީ އެންމެ ފުލަށެެވެ.

މި ފަހަރުގެ ޔޫރޯ އަކީ މޮޑްރިޗްގެ ކެރިއަރުގެ ފަހު ޔޫރޯ އެވެ. ފަހު މުބާރާތްތޯ އޭނާ އަދި ނުނިންމަ އެވެ.

މޮޑްރިޗްގެ ކެރިއަރު ފެށީ ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އިންނެވެ. އެއަށް ފަހު، 2008 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވެ، ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް މޮޑްރިޗް ފާހަގަވިއެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް މޮޑްރިޗް ބަދަލުވީ 2012 ވަނަ އަހަރެވެ.

ރެއާލްގައި މޮޑްރިޗް ވަނީ ކާމިޔާބު އަހަަރުތަކެއް ހޭދަކޮށްފަ އެވެ. އެ ކްލަބާ އެކު ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އަދި ސްޕެނިޝް ލީގު ވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox