ހަންގޭރީ

Jun 14, 2024, 9:16 AM
ހަންގޭރީ

މިއީ ހަންގޭރީ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހިޖެހިގެން ވާދަކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ހަންގޭރީން ވަނީ ހަަތަރު ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެފަ އެވެ. އެއީ، 1964، 1972، 2016 އަދި 2020 ވަނަ އަހަރު އެވެ. ހަންގޭރީ އަކީ، މި ފަހަރުގެ ޔޫރޯ އަށް 10 ވަނަ އަށް ކޮލިފައިވި ޓީމެވެ.

އިޓަލީގެ ކޯޗު މާކޯ ރޮސީ، 2018 ވަނަ އަހަރު ހަންގޭރީއާ ހަވާލުވިއިރު، މިއީ، އޭނާ އެ ޓީމު ގޮވައިގެން ނުކުންނާނެ ދެ ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތެެވެ. އެ ގޮތުން، އެންމެ ފަހުން ބޭއްވި 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، ހަންގޭރީ ކެޓީ ގްރޫޕް ސްޓޭޖުން މޮޅެއް ނުލިބި އެވެ. އެ ފަހަރު ހަންގޭރީ ހިމެނުނީ މަރުގެ ގްރޫޕްގަ އެވެ. އެއީ ފްރާންސާއި ޖަރުމަނު އަދި ޕޯޗުގަލްއާ އެކުގަ އެވެ.

ހަންގޭރީން ވަނީ ޕޯޗުގަލް އަތުން ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި، ޖަރުމަނާއި ފްރާންސާ އެއްވަރުކޮށްފަ އެވެ. ހަންގޭރީން ޖެހިޖެހިގެން ދެ ވަނަ ފަަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ޖެހިފައިމިވަނީ ޖަރުމަނާ އެއް ގްރޫޕެއްގަ އެވެ. އެކަމަކު، މި ފަހަރު، ނިސްބަތުން ބަލާއިރު، ހަންގޭރީ އަށް އޮތީ ކުރިއަށް ވުރެ ފަސޭހަ ގްރޫޕެކެވެ. އެއީ، ޖަރުމަނުގެ އިތުރުން، ސްކޮޓްލެންޑާއި ސްވިޒަލެންޑާ އެކުގަ އެވެ.

ހަންގޭރީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ ކޮލިފައިން ގްރޫޕް ޖީގެ އެއް ވަނައިގެ ގޮތުގަ އެވެ. ހަންގޭރީ ހިމެނުނު ގްރޫޕުން ދެ ވަނައިގެ ގޮތުގައި، ސާބިއާ ކޮލިފައިވިއިރު، ހަންގޭރީ އަކީ ބަލިނުވެ، ކޮލިފައިން ނިންމާލި މަދު ޓީމުތަކުގެ ތެރެއިން ޓީމެކެވެ. ކޮލިފައިންގައި ކުޅިުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީން ވިދާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ، އެ ޓީމުގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި އެވެ. އެންމެ ފަހުން ޔޫރޯގައި އަނިޔާގެ ސަބަބުން އޭނާ އަށް ނުކުޅެވުމަކީ، އެ ޓީމަށް ލިބުނު ބޮޑު ދެރައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox