ފަހު މެޗުން ނެދަލެންޑްސް އާއި ޖަރުމަނަށް މޮޅެއް ނުވެވުނު

Nov 20, 2024, 3:37 AM
ފަހު މެޗުން ނެދަލެންޑްސް އާއި ޖަރުމަނަށް މޮޅެއް ނުވެވުނު

ބުޑަޕެސްޓް، ހަންގޭރީ (ނޮވެމްބަރު 20) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު ލީގު އޭގެ ގްރޫޕްތަކުގެ ފަހު މެޗުން ނެދަލެންޑްސް އާއި ޖަރުމަނަށް މޮޅެއް ނުލިބި ޕޮއިންޓަކުން ފުއްދާލަންޖެހިއްޖެ އެވެ.

ލީގު އޭގެ ގްރޫޕް ތިނެއްގައި ރޭ ހަންގޭރީން ވަނީ ފަހު ވަގުތު ޕެނަލްޓީއެއް ކާމިޔާބުކޮށް 1-1 އިން ޖަރުމަނާ އެއްވަރުކޮށްފަ އެވެ. އެ ގްރޫޕްގައި ރޭ ނެދަލެންޑްސް އިން ކުޅުނު މެޗުން ވަނީ 1-1 އިން ބޮސްނިއާއާ އެއްވަރުވެފަ އެވެ.

މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަ މެޗުން 14 ޕޮއިންޓާ އެކު ޖަރުމަނެވެ. ދެ ވަނަ އަށް ދިޔައީ، ހަ މެޗުން ނުވަ ޕޮއިންޓް ހޯދި ނެދަލެންޑްސް އެވެ. ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ޖަރުމަނާއި ނެދަލެންޑްސް އެވެ. ތިން ވަނައިގައި ނިންމީ ހަ މެޗުން ހަ ޕޮއިންޓް ލިބުނު ހަންގޭރީ އެވެ. ހަ މެޗުން ދެ ޕޮއިންޓް ލިބި، ގްރޫޕްގެ ފުލުން ނިންމާލި ބޮސްނިއާ ވަނީ ލީގު ބީ އަށް ރެލިގޭޓްވެފަ އެވެ.

ނެދަލެންޑްސް އިން ކެޕްޓަން ވާޖިލް ވެން ޑައިކް ނުލައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި ބްރިއަން ބްރޮބީ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ބޮސްނިއާ އަށް އެއްވަރުކޮށްދިނީ އެރްމެޑީން ޑެމިރޯވިޗް އެވެ. މި މެޗުގައި ނެދަލެންޑްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ފެލިކްސް އެންމެކާ ޖެހި ގޯލުން ޖަރުމަނުން ވަނީ ހަންގޭރީ ދަނޑުގައި ލީޑުނަގައިފަ އެވެ. މިއީ އެންމެކާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ހަންގޭރީން އެއްވަރުކުރީ އިތުރު ވަގުތުގެ ނުވަ ވަަނަ މިނިޓްގައި ޑޮމިިނިކް ސޮބޯސްލާއި ޖެހި ޕެނަލްޓީންނެވެ. މިއީ، ހަންގޭރީގެ މިހައިލީ ކާޓާ ޖެހި ބޯޅައެއް ޖަރުމަނުގެ ރޮބިން ކޮކް އަތުގައި ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox