ފަހު ވަގުތު ޖެހި ގޯލުން ސްކޮޓްލެންޑް ބަލިކޮށް ހަންގޭރީ އަށް އުންމީދެއް

Jun 23, 2024, 9:09 PM
ފަހު ވަގުތު ޖެހި ގޯލުން ސްކޮޓްލެންޑް ބަލިކޮށް ހަންގޭރީ އަށް އުންމީދެއް

ސްޓުޓްގާޓް (ޖޫން 24) - އިތުރު ވަގުތުގައި ކެވިން ސޮބޯތު ޖެހި ގޯލުން 1-0 އިން ސްކޮޓްލެންޑް ބަލިކޮށް، ހަންގޭރީން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދިއުމުގެ އުންމީދެއް ހޯދައިފި އެވެ.

ހަންގޭރީ، ގްރޫޕްގެ ތިން ވަނަ އަށް ދިޔައިރު، އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުގެ ފުރުސަތެއް ލިބިދާނެ އެވެ. އެކަމަކު، އެ ޖާގަ ލިބޭކަން ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުމުންނެވެ. ހުރިހާ ގްރޫޕެއްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

ގްރޫޕް އޭގެ ވަނަ ހޯދީ މިރޭ ސްވިޒަލެންޑާ 1-1 އިން އެއްވަރުކުރި ޖަރުމަނެވެ. ޖަރުމަނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަ ހޯދި ސްވިޒަލެންޑަށް ފަސް ޕޮއިންޓް ލިބުނުއިރު، ފަހު ވަގުތު ތިން ވަނަ އަށް އެރި، ހަންގޭރީ އަށް ތިން ޕޮއިންޓް ލިބުނެވެ. ސްކޮޓްލެންޑް ކެޓީ އެންމެ ޕޮއިންޓަކާ އެކު އެވެ.

ސްކޮޓްލެންޑުން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ކުޅެން ފެށި ނަމަވެސް ހަންގޭރީން ދިޔައީ ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. އަނެއްކޮޅުން ހަންގޭރީން ލިބޭ ފުރުސަތުތަކުގައި ސްކޮޓްލެންޑް ފަހަތަށް ބާރުބޮޑުކުރަމުންނެވެ.

އެ ގޮތުން ހަންގޭރީގެ ކެޕްޓަން، ޑޮމިިނިކް ސޮބޯސްލާއި ބައިވެރިވެގެން ކުރި އެޓޭކެއްގައި އެ ޓީމުގެ ވިލީ އޯބާން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ.

ސްކޮޓްލެންޑުން ފުރަތަމަ ހާފު ނިންމާލީ ގޯލާ ސީދާކޮށް ޝޮޓެއް ފޮނުވާނުލަ އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ސްކޮޓްލެންޑް ކުޅުނު މެޗެއްގެ ފުރަތަމަ ހާފު މި ގޮތަށް ނިމުނު ދެ ވަނަ ފަަހަރެވެ.

ސްކޮޓްލެންޑުގެ ގިލްމޯ (ކ) ކައިރިން ހަންގޭރީގެ ސޮބޯސްލާއި ބޯޅަ ފޮނުވާލަނީ.

ދެ ވަނަ ހާފުގައި ސްކޮޓްލެންޑުން ވަނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ބޯޅަ ހިފަަހައްޓައިގެން ކުޅެފަ އެވެ. އެ ގޮތުން، ހަންގޭރީ ހާފުގެ ތެރޭގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ އެވެ. ހަންގޭރީން ކައުންޓަ އެޓޭކުގައި ޖާގަތައް ބޭނުންކޮށް ސްކޮޓްލެންޑްގެ ފަހަތަށް ބާރު ބޮޑުކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ.

ހަންގޭރީގެ ފޯވާޑް، ބާނަބާސް ވާގާ އެރި އެޓޭކެއްގައި އޭނާ އަށް ސްކޮޓްލެންޑްގެ ކީޕަރު، އެންގަސް ގަން ފައުލުކުރި ކަމަށް ބުނެ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ޕެނަލްޓީއެއްތޯ ބެލުމަށް ފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ވާގާ އަށް ސީރިއަސް އަނިޔާއެއްވިއިރު، ފަރުވާ ދިނީ ދަނޑުމަތީގަ އެވެ. ފަރުވާ އަށް ފަހު އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރޭގައި ސްކޮޓްލެންޑްގެ ގްރޭންޓް ހަންލީ ޖެހި ބޯޅައެއް ހަންގޭރީގެ ކީޕަރު ޕީޓަ ގުލާކްޝީ ވަނީ މަތަކޮށްފަ އެެވެ.

އޭގެ ފަހުން، މެޗުގެ ފަހު މިނިޓްގައި، ކައުންޓަ އެޓޭކަކުން ހަންގޭރީން ތަނަަަވަސްކުރި ފުރުސަތެއްގައި އެ ޓީމުގެ ލަނޑު ޖެހީ ބަދަލަކަށް ކުޅެން ނުކުތް، ސޮބޯތު އެވެ. މި ގޯލު ޔަގީންކުރަން، ވީއޭއާރްގެ އެހީ ހޯދީ، ފައުލެއް ނޫނީ އޮފްސައިޑްވިތޯ ބެލުމަށެވެ. ސޮބޯތު މި ލަނޑު ޖެހުމަށް ފަހު، އުފާފާޅުކުރިއިރު، މި މެޗުގައި ސީރިއަސް އަނިޔާއެއް ވެގެން ބަދަލުކުރި ވާގާގެ ޖޯޒީ ދައްކާލައިފައިވެ އެވެ.

މި މޮޅާ އެކު، ހަންގޭރީ މި ވަގުތު އޮތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތާވަލަށް ބަލާއިރު، ތިން ވަަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox