ހޭނެތިގެން ދަނޑުމަތީގައި ފަރުވާދިން ވާގާގެ ހާލު އަންނަނީ ރަނގަޅުވަމުން

Jun 24, 2024, 4:32 AM
ވާގާ ދަނޑުމަތީގައި ހޭނެތިގެން ވެއްޓިފައި އޮތްއިރު އެ ޓީމުގެ ކުޅުންތެރިން އޭނާ ގާތުގައި.

ވާގާ ދަނޑުމަތީގައި ހޭނެތިގެން ވެއްޓިފައި އޮތްއިރު އެ ޓީމުގެ ކުޅުންތެރިން އޭނާ ގާތުގައި.

ސްޓުޓްގާޓް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްކޮޓްލެންޑް އަތުން ހަންގޭރީ މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް، ބާނަބާސް ވާގާ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، ހޭނެތުނުއިރު، ދަނޑުމަތީގައި ވެސް އަވަސް ފަރުވާ ދޭން ޖެހުނެވެ.

އޭގެ ފަހުން، ސީދާ ހޮސްޕިޓަލަށް ގެންގޮސް، ވާގާ، 29، އަށް އިތުރު ފަރުވާ ދިންއިރު، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހަންގޭރީ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފަ އެވެ.

ހަންގޭރީން ސްކޮޓްލެންޑް ބަލިކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 ވަނަ މިނިޓްގައި ކެވިން ސޮބޯތު ޖެހި ގޯލުންނެވެ. މި މެޗު އެހާ ގިނަ އިތުރު ވަގުތު ކުޅެން ޖެހުނީ، ދެ ވަނަ ހާފުގެ މެދެއްހާ ހިސާބުން ދިމާވި ހާދިސާއަކުން ގިނަ ވަގުތަށް މެޗު މެދުކަނޑާލުމުންނެވެ.

ހިލޭ ޖެހުމަށް ބޯޅައިގައި ބޮލުން ޖަހަން އަރައި، ވާގާ ދަނޑުމައްޗަށް ވެއްޓެނީ

އެ ގޮތުން މެޗުގެ 71 ވަނަ މިނިޓްގައި، ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި ނެގި ހިލޭ ޖެހުމަކަށް ބޮލުން ޖަހަން އެރި، ވާގާ އާއި ސްކޮޓްލެންޑް ކީޕަރު އެންގަސް ގަން ޖެހި، ވާގާ ވެއްޓުނު ގޮތަށް އޮތީ ހަރަކާތް ހުއްޓިފަ އެވެ.

ހަންގޭރީ ކުޅުންތެރިން، ވާގާ، ވަށާލައި، އޭނާ އަށް އަވަސް ފަރުވާ ދޭން މެޑިކަލް މީހުން އެރުވި އެވެ.

ދަނޑުމަތީގައި ވާގާ އަށް އަވަސް ފަރުވާ ދިނުމަށް ފަހު، ސްޓްރެޗަރުގައި ދަނޑުން ބާލައި، އެމްބިއުލަންސަށް ލައިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފެށި އެވެ.

މެޗު ނިމުނުތާ ވިއްސަކަށް މިނިޓް ފަހުން، ހަންގޭރީ ޓީމުން ވަނީ، ވާގާ ހޭއަރާފައިވާ ކަމަށާއި ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ވާގާ އަށް ދަނޑުމަތީގައި އަވަސް ފަރުވާ ދިނުމަށް ފަހު ދަނޑުން ބާލަނީ.

އެ ގޮތުން، ވާގާގެ ދަތްދޮޅި އަށް ސީރިއަސް އަނިޔާއެއްވެފައިވާތީ، ވަރަށް އަވަހަށް އޮޕަރޭޝަނެއް ކުރަންވަނީ ނިންމައިފަ އެވެ.

މެޗުގައި ހަންގޭރީ މޮޅުވި ގޯލު ޖެހި، ސޮބޯތު ވަނީ އުފާފާޅުކުރުމުގެ ތެރޭގައި ވާގާގެ ޖޯޒީއެއް ދައްކާލައި، އޭނާ އަށް ޓީމުގެ ފަރާތުން ހިތްވަރު ދީފަ އެވެ.

ވާގާގެ ޖޯޒީ ސޮބޯތުއާ ހަވާލުކުރީ ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި އެވެ. ވާގާ އަށް އަވަސްފަރުވާ ދިނުމުގައި، އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ކުޅުންތެރިއަކީ ސޮބޯސްލާއި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox