ހަންގޭރީ އަތުން ވެސް މޮޅުވެ ޖަރުމަނު ގަދަ 16 އަށް

Jun 19, 2024, 5:57 PM
ހަންގޭރީ އަތުން ވެސް މޮޅުވެ ޖަރުމަނު ގަދަ 16 އަށް

ސްޓުޓްގާޓް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީ އަތުން 2-0 އިން މޮޅުވެ، ޖަރުމަނުން މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ޖަރުމަނުން ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިރޭ ހަންގޭރީ އަތުން މޮޅުވިއިރު، މިރޭ ފަހު މެޗުގައި ސްވިޒަލެންޑުން ސްކޮޓްލެންޑް ބަލިކޮށްފިނަމަ، މި ގްރޫޕުން ބާކީ ދެ މެޗު އޮއްވައި ނޮކައުޓް ޖާގަތަށް ޖަރުމަނާއި ސްވިޒަލެންޑަށް ލިބޭނެ އެވެ.

ފުރަތަމަ ދެ މެޗުން މޮޅުވުމުން، ޖަރުމަނަށް މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރެއިން ނޮކައުޓްގެ ޖާގަ ނުލިބި ދިޔަސް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ނޮކައުޓަށް ދިއުުމުގެ ފުރުސަތު އެބައޮތެވެ.

ހަންގޭރީގެ ޗަލާއި (ކ) ފޮނުވާލާ ބޯޅައެއް ޖަރުމަނުގެ ކީޕަރު ނޯޔާ ދިފާއުކުރަނީ

ސްޓުޓްގާޓް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން 15 ސިކުންތު ތެރޭގައި ހަންގޭރީ އަށް ލަނޑެއް ޖަހަން ފުރުސަތު ލިބުނެވެ.

އެ ޓީމުގެ، ރޮލަންޑް ޗަލާއި ވަނީ ޖަރުމަނު ފަހަތުން ދޫވި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެފަ އެވެ. އެެހެން ނަމަވެސް، ޖަރުމަނު ކީޕަރު މެނުއަލް ނޯޔާގެ ހުށިޔާރުކަމުން އެ ބޯޅަ ސަލާމަތްކުރި އެވެ.

ޖަރުމަނުގެ ފުރަތަމަ ފުރުސަތު ލިބުނީ 12 ވަނަ މިނިޓްގައި ކައި ހަވާޓްޒް އަށެވެ. އޭނާ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާޗީ ވަނީ މަތަކޮށްފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 22 ވަަނަ މިނިޓްގައި ޖަރުމަނުން ލީޑުނެގީ ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ.

މިއީ އޭރިއާތެރެއިން ޖަރުމަނުގެ ކެޕްޓަނ،ް އިލްކާއި ގުންޑޮގާން ދިން ބޯޅައަކުން މުސިއާލާ ޖެހި ގޯލެކެވެ. މި އެޓޭކުގައި ގުންޑޮގާން ހަންގޭރީގެ ވިލީ އޯބާން އަށް ފައުލުކުރިތޯ ބަލަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދި އެވެ.

ޖަރުމަނު ޓީމުގެ މުސިއާލާ އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އޭގެ ފަހުން، ވެސް މުސިއާލާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އަމާޒުވީ އަރިމަތީ ދާގަނޑަށެެވެ.

ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން ފޮނުވާލި ޝޮޓް ކީޕަރު ނޯޔާ މަތަކުރިއިރު، ދެން ލިބުނު އެޓޭކެއްގައި ޖެހި ޝޮޓެއް، ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން، ސޮބޯސްލާއި ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން، އޯބާން ބޮލުން ޖެހި ބޯޅަ ވެސް ނޯޔާ ވަނީ މަތަކޮށްފަ އެވެ. ނޯޔާ އަތުގައި ޖެހިފައި އެ ބޯޅަ ޗަލާއި އަށް ލިބުނު ވަގުުތު އޭނާ ބޮލުން ގޯލަށް ފޮނުވާލިއިރު، ވީއޭއާރް އިން އެ ގޯލު ކެންސަލްކުރި އެެވެ.

ދެ ވަނަ ހާފުގައި ހަންގޭރީގެ ބާނަބާސް ވާގާ އަށް ޖަރުމަނު އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޖަރުމަނުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 67 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، އެ ޓީމުގެ ފުލްބެކް، މެކްސިމިލިއަން މިޓެލްސްޓާޑް ނަގައިދިން ބޯޅަ ޓީމުގެ ކެޕްޓަން ގުންޑޮގާން ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފެށުނުތަނާ ހަންގޭރީގެ ކުޅުންތެރިން ކުރި އެޓޭކެއްގައި، ފޮނުވާލި ބޯޅައެއް ޖަރުމަނުގެ ޔޯސުއާ ކިމިކް ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox