ޓްރާންސްޕޯޓުގެ ބޮޑެތި އޮޅުވައިލުންތަކެއް: މުސްތަގުބަލުގެ ތާރީހުތައް، 2027 އާ ހަމައަށް ޖަހައި, ވެހިކަލް ރަޖިސްޓްރީކޮށްދިން

އެމްޕީއެލް ސަރަހައްދުގައި ހުރި ވެހިކަލްތަކެއް: ވެހިކަލްތަކެއް އެކި އަހަރުތަކުގައި ރަޖިސްޓްރީކުރި މައްސަލައެއް ވަނީ މެންމަތިވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޕީއެލް ސަރަހައްދުގައި ހުރި ވެހިކަލްތަކެއް: ވެހިކަލްތަކެއް އެކި އަހަރުތަކުގައި ރަޖިސްޓްރީކުރި މައްސަލައެއް ވަނީ މެންމަތިވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރާ ތަހުގީގުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޮޑެތި އޮޅުވައިލުންތަކެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގުގައި ވެހިކަލްތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް، އަދި ނުވެސް އަންނަ އަހަރު އަހަރުތަކުގެ ތާރީހުތައް ޖަހައިގެން ރަޖިސްޓްރީކޮށްފައިވާކަން ހޯދިފައިވާ ކަމަށެވެ.

އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށާއި ޓްރާންސްޕޯޓު މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023 ގެ ކުރީގައި, 2025, 2026, 2027, ބައްދަލުނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވޭ," ދާވޫދު ވިދާޅުވި އެވެ.

ވެހިކަލް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މުހައްމަދު ހައިޝަމް, 42, މ. ސީނިއަސުރުމާގެ އެވެ.

އޭގެ ތެރެއިން ނާޒިމްގެ ގަރާޖުގައި 100 ވެހިކަލް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ފުރޮޅުލީ 86 ވެހިކަލުގެ ތެރެއިން 42 ވެހިކަލެއް ނިޒާމުގެ އަންހެނުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާއިރު، ބާކީ ވެހިކަލްތައް ހުރީ އޭނާގެ ނަމުގަ އެވެ.

ނިޒާމްގެ މައްސަލަ ޕީޖީއަށް ފޮނުވި ނަމަވެސް މި މައްސަލައިގެ "ބޮޑުކަމާއި, ފުންކަމާއި, އިންތައް ނޭނގޭތީ" ޓްރާންސްޕޯޓު ތެރެއިން ޖަރީމާ ހިންގުމުގައި ތިބި މީހުން ހޯދައި ފިޔަވަޅު އަޅަން ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ..

"ގެންދާ ބޮޑެތި ވެހިކަލްތައް, އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށް އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ދިޔައީ ކުރަމުން." ފުލުހުން ބުނި އެވެ

މާލޭގައި ދުވާލަކަށް ރަޖިސްޓްރީކުރާ ވެހިކަލުގެ އަދަދު 200 އިން 20 އަށް ދަށްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރުގެ އެންވަޔަރަމެންޓު މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 10،000 އުޅަނދު އެބަހުއްޓެވެ. މިދިޔަ ސަރުކާރުގައި ވެސް ވެހިކަލް އެތެރެކުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްތަކެއް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox