މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ލައިވް ކުރަން ނިންމި ހަބަރު ގެނެސްދިނުމުން ޕީއެސްއެމްއިން އެމްއެމްސީއަށް މައްސަލައެއް ހުށަހަޅައިފި

ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު:

ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު:

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމި ހަބަރާއި އެކަމަށް ފާޑުކިޔުން އަމާޒުވި ފަހުން އެ ކަވަރޭޖު ނުގެނެސްދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމި ހަބަރަކީ "އަދަދު" އިން ޝާއިއު ކުރި މައްސަލަ ޕީއެސްއެމްއިން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެެވެ.

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ލައިވް ކުރަން އުޅެފައި އިއްޔެ އެކަން ކެންސަލް ކުރި ސަބަބާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޔާމީން ރަޝީދުއާ ސުވާލު ކުރުމުން ވިދާޅުވީ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ލައިވް ކުރަން އެއް އިރަކު ވެސް ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް އިރެއްގައި ލައިވް ކުރާކަށް ނުނިންމަން، އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް،" ޔާމީން ވިދާޅުވި އެވެ.

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ގެނެސްދިނުމަށް ޕީއެސްއެމްއިން ހެދި ގްރެފިކްސް
މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ގެނެސްދިނުމަށް ޕީއެސްއެމްއިން ހެދި ގްރެފިކްސް

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ގެނެސްދިނުމަށް ޕީއެސްއެމްއިން ހެދި ގްރެފިކްސް

އޭނާ އެހެން ވިދާޅުވި ނަމަވެސް "އަދަދު" އަށް ވަނީ ޕީއެސްއެމް ޕްރޮގްރާމްތަކުގެ ޝޫޓިން ތާވަލު ލިބިފަ އެވެ. މޯދީގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖު ގެނެސްދިނުމަށް ޕީއެސްއެމް ޕްރޮގުރާމްތަކުގެ ޝޫޓިން ތާވަލުގައި ހިމަނާފައި އޮތީ އިއްޔެ އިރުއޮއްސި 6:00 އިން 8:00 އާ އަށެވެ. އެ ކަވަރޭޖު ގެނެސްދިނުމަށް އެގަޑިއަށް ތާވަލުކޮށް ޕްރެޒެންޓަރުންނާއި ޓެކްނީޝަނުންގެ އިތުރުން ސައުންޑް އަދި ލައިޓްްސްއަށް ވެސް މުވައްޒަފުން ހަމަޖައްސާފައިވެ އެވެ.

ޕީއެސްއެމްގެ ޝޫޓިން ތާވަލުގައި ލައިވް ކަވަރޭޖު ހިމަނާފައި
ޕީއެސްއެމްގެ ޝޫޓިން ތާވަލުގައި ލައިވް ކަވަރޭޖު ހިމަނާފައި

ޕީއެސްއެމްގެ ޝޫޓިން ތާވަލުގައި ލައިވް ކަވަރޭޖު ހިމަނާފައި

އޭގެ އިތުރުން، ކަވަރޭޖު ގެނެސްދޭއިރު ފަހަތަށް އަރުވާނެ ގްރެފިކްސް ވެސް ޕީއެސްއެމްއިން ހެދި އެވެ. އެ ގްރެފިކްސް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމިކަން ޕީއެސްއެމްގެ ތިން މުވައްޒަފަކު ވެސް މި ނޫހަށް ކަށަވަރުކޮށްދިނެވެ.

ޕީއެސްއެމް އިން މިއަދު މިނޫހަށް ފޮނުވި އަދި ފަހުން ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ލައިވްކުރަން އެކުންފުނިން އެއްވެސް އިރެއްގައި ނިންމާފައި ނުވާ ކަމަށާ އެހެން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ދަތުރުތައް ކަވަކުރާނެ ކަމަށެެވެ.

"މިއީ ހުވާކުރުމުގެ ރަސްމިއްޔާތަށް ހާއްސަކޮށް ގެނެސްދޭ ކަވަރޭޖެއް ނޫން،" އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox