ފަހު ވަގުތު ގޯލު ޖަހައި މާޒިޔާ އިން ގްރީން ސްޓްރީޓްސްއާ އެއްވަރު

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ކެޕްޓަން، ލޫތު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ނައުޝަމް ވަހީދު

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ކެޕްޓަން، ލޫތު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ނައުޝަމް ވަހީދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި, ފަހު ވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަހުމަދު މިލްހާން މުހައްމަދު ޖެހި ގޯލުން 2-2 އިން ކުލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފި އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މީގެ ކުރިން މި މުބާރާތް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެއީ، އެންމެ ފުރަތަމަ 2018 ވަނަ އަހަރު 19 އަހަރުން ދަށަށް ފުރަތަމަ ފަަހަރަށް ޔޫތު ޗެމްޕިއަންޝިޕެއް ބޭއްވިއިރު އެވެ.

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ހަތް ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސް އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ސަމާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު

މާޒިޔާގެ ކީޕަރު އަސަދުالله އާލިމް އަފީފް އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ މުހައްމަދު މައީން ހަސަން ނާހް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން މި ގޯލު ގްރީން އަށް ކާމިޔާބު ކޮށްދިނީ އާދަމް ސަމާހް އެވެ.

މި ލަނޑު ޖެހުމުގެ ކުރިން ވެސް ގްރީން ސްޓްރީޓްސް އިން ވަނީ ލަނޑެއް ޖެހޭތޯ އެޓޭކިން ހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ގްރީންގެ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުމަކުން މި ގޯލުމާޒިޔާ އަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން، އަބްދުالله ލޫތު އިބްރާހީމް އެވެ. ލޫތު ފޮނުވާލި ބޯޅަ ވަނީ ކައިރީ ކަނަށެވެ.

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުގެ 81 ވަނަ މިނެޓުގައި ގްރީން އަށް ދެ ވަނަ ފަހަރަށް ލީޑު ނަގާދިނީ ސައްޔާފް އާދަމް ޖަހާދިން ގޯލުންނެވެ. މިއީ ހިލޭ ޖެހުމަކުން އޭނާ ޖެހި ލަނޑެކެވެ.

އެކަމަކު އޭގެ ހަ މިނެޓު ފަހުން މާޒިޔާގެ މިލްހާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވުނު ވަގުތުގައި މިލްހާން ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ މުހައްމަދު ފައިޒާން ފަޒީން އެވެ. އޭނާ އަށް މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިިބިގެންދިޔަ އެވެ. ގްރީން ސްޓްރީޓްސްގެ ގިނަ އެޓޭކްތަކުގައި އޭނާ ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަނެވެ.

މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެ އެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން، ކުލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox