ނާޒިމް ވިދާޅުވަނީ އިޒްރޭލު ޕާސްޕޯޓް މަނާކުރާ އިރު ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށް

ނާޒިމް ވިދާޅުވަނީ އިޒްރޭލު ޕާސްޕޯޓް މަނާކުރާ އިރު ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށް

އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން ދަތުރުކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ މެދު ގޮތެއް ނިންމާއިރު ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުމީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ނަސްލުހޭދު [ޖެނޮސައިޑް] އާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި އޮތް އެ ބިލުގެ ބަހުސް ފެށީ މިއަދުގެ ޖަލްސާގަ އެވެ.

އެ ބަހުސްގައި ނާޒިމް ވިދާޅުވީ ބިލަށް ތާއީދުކުރައްވާ ކަމަށާ ކޮމިޓީން ބިލު ދިރާސާކުރާ އިރު ބަލަން ޖެހޭ ބައެއް ކަންތައްތއް އެބަހުރި ކަމަށެވެ.

އެގޮތުން ބަލަން ޖެހޭ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން ރާއްޖެއަށް ވެދާނެ ގެއްލުމެކެވެ. ބިލުގެ ކަންތައްތައް ނިންމަން ޖެހޭނީ އިގުތިސާދީ ގޮތުން ގެއްލުން ނުވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިމައްސަލަ ކޮމިޓީއަށް ގޮސް، ކޮމިޓީގައި ބަހުސްކުރެވޭ އިރު މިކަމުގެ އެންމެ އަޑިއަށް ވާސިލުވެ، މިކަމުން އަންނާނެ އިމްޕެކްޓްގެ ރަަނގަޅު އެސެސްމެންޓެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އިގުތިސާދީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ތަފްސީލުކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަން ރިޒަވޭޝަންތަކެއް ހަދާފައި ތިބި މީހުންތަކެއް މިހާރު ވެސް ތިބޭނެ ކަމަށެވެ. އެ ރިޒަވޭޝަންތަކާ މެދު ކަންތައްތައް ނިމޭ ގޮތް ބިނާވާނީ މި ބިލުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެމީހުން ދައްކާފައި ހުރި ފައިސާއާ އެމީހުންގެ ބުކިންތަކާ އެއްޗިހި ކެންސަލްކުރުމާ ދޭތެރޭ ވެސް ރިސޯޓްތަކުން ވެސް ހަމަ ކަންބޮޑުވުން އޮންނާނެ، އަދި ކެންސަލްކުރާ ނަމަ، އެމީހުންނަށް ނާދެވޭ ނަމަ އެފައިސާ އަނބުރާ ދައްކަން ވެސް ޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޓީން ބިލު ދިރާސާކުރާ އިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވެސް ބަލަން ޖެހޭ ކަަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމުގައި ކޮމިޓީގެ މަރުހަލާގައި ބައްލަވަން ޖެހޭ ހުރިހާ ނަޒަރިއްޔާތަކުން ބައްލަވައި، އެެއީ އިގުތިސާދީ ގޮތުން ވިޔަސް، ސަލާމަތީ ގޮތުން ވިޔަސް އަދި ރައްކާތެރިކަމުގެ ގޮތުން ވިޔަސް ބައްލަވަން ޖެހޭ ހުރިހާ ބެއްލެވުމެއް ބައްލަވާފައި، ކޮމިޓީން މިމައްސަލަ ނިންމައި ތަޅުމަށް ގެނެސްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވި އެވެ.

އެކަމުގައި ސަރުކާރަށް އަންނަ ބައެެއް ފާޑުކިޔުންތަކަށް ވެސް އޭނާ ރައްދުދެއްވި އެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ޓަކައި މީކާއީލް ހުށަހެޅުއްވި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކޮށް، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު ބަދަލުކުރުމަށެވެ.

އިބްތިދާއީ ބަހުސް ނިމުމުން ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ވޯޓުން ތަޅުމަށް ބިލު ބަލައިގަންނަން ފާސްވެއްޖެ ނަމަ ބިލު ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުވާނެ އެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ހުށަހަޅާފަ އެވެ. ބިލު ފާސްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމުމުން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެކި ގައުމުތަކުގެ އާންމުން ވަނީ ރާއްޖެއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން ވެސް ރާއްޖެއަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox