އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ އިބްތިދާއީ ބަހުސް މާދަމާއަށް ތާވަލުކޮށްފި

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި ރައީސް އޮފީސް ދޮށުގައި ކުރި މުޒާހަރާއެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި ރައީސް އޮފީސް ދޮށުގައި ކުރި މުޒާހަރާއެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މީކާއިލް ނަސީމް ހުށަހެޅުއްވި އިމިގުރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ އެވެ.

މިދިޔަ މެއި 30 ވަނަ ދުވަހު މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންވަރު 1/2007 (ދިވެހިރާއްޖޭގެ އިމިގުރޭޝަން ގާނޫނު) ގެ އަށްވަނަ މާއްދާގެ ހ. ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ)" ކަމަށެވެ.

އެ ބިލު މީކާއިލް ހުށަހެޅުއްވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލައި 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރުމުން ވެސް އެކަމަށް ސަރުކާރުން އޭރު އިޖާބަ ދީފައި ނުވާތީ އެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ފާސްކުރީ އެޕްރިލް 1، ގަ އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅި ފަހުން ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފާސްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ކުރިއަށް ދާނީ މީކާއިލް ހުށަހަޅުއްވާފައިވާ ބިލާއެކުގައި ތޯ ނުވަތަ އައު ބިލެއް ހުށަހަޅުއްވާނީ ތޯ އެނގޭނީ މާދަމާގެ ޖަލްސާއިންނެވެ.

އިބްތިދާއީ ބަހުސް ނިމުމުން ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ވޯޓުން ތަޅުމަށް ބިލު ބަލައިގަންނަން ފާސްވެއްޖެ ނަމަ ބިލު ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުވާނެ އެވެ.

ބިލު ފާސްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމުމުން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެކި ގައުމުތަކުގެ އާންމުން ވަނީ ރާއްޖެއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން ވެސް ރާއްޖެއަށް އަމާޒުވެފައިވެ އެވެ.

އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމުމުން އެމެރިކާގެ ކޮންގްރެސްމަނަކު ވަނީ ރާއްޖެއަށް އެމެރިކާއިން ދޭ އެހީތައް ހުއްޓައިލުމަށް ގޮވާލައި އެމެރިކާ ކޮންގްރެސްގެ ތިރިގެއަށް ބިލެއް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

"ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ" ގެ ނަމުގައި ޖޯޝް ގޮޓްހެއިމާ ހުށަހަޅާ އެ ބިލުގެ މަސައްކަތުގައި ވެރިކަންކުރާ ޑިމޮކްރެޓުންގެ މެންބަރުން މަސައްކަތް ކުރަމުން ދާ ކަމަށް ގޮޓެއިމާ އާ ހަވާލާދީ އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ އިބްތިދާއީ ބަހުސަށްފަހު މާދަމާގެ ޖަލްސާއަށް ދެން އެޖެންޑާ ކޮށްފައި ވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްޖޫރިއްޔާ އައްޔަނުކުރައްވާފައިވާ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އިއްވުމެވެ.

މިދިޔަ ބުދަ ދުވަހު އޮތް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ފާސްކޮށްފަ އެވެ.

މިއީ މި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް މިއަހަރު ތެރޭގައި ހުށަހެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން ޖެނުއަރީ 29، ގައި އޮތް މަޖިލީހުގެ ޖަލްސާގައި 19 ވަނަ މަޖިލީހުން ވަނީ މި ތިން ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމައިފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް އެ މަޖިލީހުގެ ނިންމުމަށް ގޮންޖައްސަވައި ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން ހަމަ އެ މަގާމުތަކަށް އައްޔަނުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox