ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 18 ރުފިޔާއަށް އުފުލިއްޖެ

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 18 ރުފިޔާއަށް އުފުލިއްޖެ

ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު އަނެއްކާ ވެސް 18ރ. އަށް އުފުލިއްޖެ އެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ޑޮލަރުގެ އަގު މިއަދު ހުރީ 18ރ. އާއި 17.80ރ. އާ ދެމެދުގައި ކަމަށެވެ.

ޑޮލަރުގެ އަގު އުފުލިފައި މިވަނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ.

Advertisement

މިއަހަރު ފެށުނުއިރު، ވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 18ރ. އަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސީޒަން ތެރޭގައި އާދައިގެ މަތިން މި އަހަރު ވެސް ޑޮލަރުގެ އަގު ދަށަށް ދިޔަ އެވެ. ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އޭރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ.

ނަމަވެސް ސީޒަން ނިމި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މަދުވާން ފެށުމާއެކު އަނެއްކާ ވެސް ޑޮލަރުގެ އަގު އުފުލެން ފެށީ އެވެ.

މާލޭގައި ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ޑޮލަރުގެ އަގު ބޮޑުވެފައި މިވަނީ ހައްޖު މޫސުމަށްވެފައި އީދު ޗުއްޓީ ވެސް ގާތްވެފައި އޮތުމުން ކަމަށެވެ. އޭގެ އިތުރުން ޑޮލަރު ލިބުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ދަތި ޑޮލަރު ހޯދަން ވެސް މިހާރު. އަނެއްކޮޅުން ހައްޖަށް ދާ މީހުންނާއި ޗުއްޓީއަށް ދާ މީހުން ވެސް ޑޮލަރު ގަންނާނެތާ. އެހެންވެ އަގު ބޮޑުވެގެން މިއުޅެނީ،" އެ މީހާ ބުންޏެވެ.

މަނީ އެކްސްޗޭންޖު ފިހާރައެއްގައި މަސައްކަތް ކުރާ މީހަކު ބުނީ 18ރ. އަށް ވިއްކި ޑޮލަރު ވެސް މިހާރު ހުސްވެފައިވާ ކަމަށާއި ދެން ޑޮލަރު ލިބޭނީ މާދަމާ ކަމަށެވެ. ޑޮލަރުގެ އަގު ބޮޑުވީ ލިބުން ދަތިވީމަ ކަމަށް ވެސް އޭނާ ބުންޏެވެ.

ނިމިދިޔަ މަޖިލިސް ކެމްޕޭނު ތެރެއިން ފުވައްމުލަކުގައި އޮތް ޖަލްސާއެއްގައި ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ދަނީ ރަނގަޅުވަމުން ކަމަށާއި ސަބަބަކީ އިގުތިސާދީ މިނިވަންކަން ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކަމަށެވެ.

އަދި ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެކަމުގެ ސަބަބަކީ ވެސް މި ސަރުކާރުން އަޅަމުން ގެންދާ އިގުތިސާދީ ރަނގަޅު ފިޔަވަޅުތައް ކަމަށް ވިދާޅުވެފަ އެވެ.

"ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް، ހިފެހެއްޓިފައި ހުންނާނީ، ކުރިއަށްވުރެ ދަށަށް ދާނީ، ފައިސާގެ އަގުދަނީ މައްޗަށް، އަޅުގަނޑުމެންގެ އިގުތިސާދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން، ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން،" ރައީސް އެ ރޭ ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު އޮތް ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންނާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބީއެމްއެލްއަށް ގަންނަން ލިބުނު ޑޮލަރުގެ އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު އެ ބޭންކުން ވިއްކާފައިވާ ކަމަށާއި އެއީ ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ.

ބޭންކަށް ގަންނަން ލިބެންނެތް އެއްޗެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާ ހިނދު، އެ މަގު ފަހިވަންދެން ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ނިންމަން އެ ބޭންކަށް މަޖުބޫރުވާކަމަށް ބީއެމްއެލްގެ އަހަރީ ރިޕޯޓިގައިވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox