ޑޮލަރުގެ ދަތިކަމަށް ހައްލެއް ނާދޭ، އަގު ދަނީ މައްޗަށް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން އަންދާޒާކުރާ ކަންކަން ހާސިލުނުވުމުން ހުރިހާ ދައްޗަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަރުކާރުން އަންދާޒާކުރާ ކަންކަން ހާސިލުނުވުމުން ހުރިހާ ދައްޗަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ޑޮލަރުގެ ދަތި ކަމަށް ކުޑަ ނަމަވެސް ހައްލެއް ނާންނަ ކަމަށާއި ޑޮލަރުގެ އަގު ދަނީ މައްޗަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ ދަތިކަމާ ގުޅިގެން ޓީޓީތައް ނުހެދި އަމިއްލަ ވިޔަފާރިތަކަށް މުދާ އެތެރެ ނުކުރެވިގެން އުޅޭ ކަމަށެވެ. 

"ޔޫއެސް ޑޮލަރުގެ ދަތި ކަމަށް ކުޑަވެސް ހައްލެއް ނާދޭ. އަގު ދަނީ މައްޗަށް. އަމިއްލަ ވިޔަފާރިތަކަށް ޓީޓީ ނުހެދި، ތަކެތި އިމްޕޯޓު ނުކުރެވިފައި،" ނަޝީދު ވިދާޅުވި އެވެ.  

Advertisement

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާޣެ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރު ކުރުމާއި ބޭރުގެ ޓުއާ އޮޕަރޭޓާސް އަތުން ޓެކްސް ނަގަން ނިންމުމުން 160 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަމަވެސް ސަރުކާރުން އަންދާޒާ ކުރާ ކަންކަން ހާސިލުނުވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަމުގެ ހުރިހާ ދައްޗަކާ ކުރިމަތިލާންޖެހެނީ ރައްޔިތުންނާ ކަމަށެވެ. 

ޑޮލަރު މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ތަންފީޒީ ކަންކަން ހަރުކަށި ކުރުމާއެކުއެކީ، ރިސޯޓުތަކާއި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން މާރުކުރަން ޖެހޭ މިންވަރު ވަނީ އާމްދަނީގެ 40 ޕަސެންޓަށް އުފުލާފަ އެވެ.

ސަރުކާރުން ބުނަނީ މިއާ އެކީ، ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމުގެ ގޮތުން ރިސޯޓުތަކާއި ޑޮލަރު ތާށިކަމާއި ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox