އިޒްރޭލު ޕާސްޕޯޓު މައްސަލާގައި އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑާލަން ކޮންގްރެސްމަނަކު މަސައްކަތް ކުރަނީ

ރާއްޖެއާ ދެކޮޅަށް ކޮންގްރެސަށް ބިލު ހުށަހަޅާ ރެޕްރެސެންޓޭޓިވް ގޮޓްހެއިމާ : އިޒްރޭލު ޕާސްޕޯޓު މައްސަލާގައި އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑާލަން ކޮންގްރެސަށް ބިލެއް ހުށަހަޅަނީ - ފޮޓޯ: ގެޓީ

ރާއްޖެއާ ދެކޮޅަށް ކޮންގްރެސަށް ބިލު ހުށަހަޅާ ރެޕްރެސެންޓޭޓިވް ގޮޓްހެއިމާ : އިޒްރޭލު ޕާސްޕޯޓު މައްސަލާގައި އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑާލަން ކޮންގްރެސަށް ބިލެއް ހުށަހަޅަނީ - ފޮޓޯ: ގެޓީ

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ދިވެހި ސަރުކާރުން ނިންމުމުން، އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑާލުމަށް އެ ގައުމުގެ ކޮންގްރެސަށް ބިލެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅިގެންނެވެ. މިއީ ދިވެހި އާންމުން ވޭތުވެދިޔަ ހަ މަހެއްހާ ދުވަހު ގޮވާލަމުންދިޔަ ކަމެކެވެ.

މި ނިންމުމާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ ތިރިގެއަށް ބިލެއް ހުށަހަޅަން ނިންމާފައިވަނީ ވެރިކަންކުރާ ޑިމޮކްރެޓުންގެ ރެޕްރެސެންޓޭޓިވް ޖޯޝް ގޮޓްހެއިމާ އެވެ. އޭނާ އަކީ އިޒްރޭލުގެ ގަތުލުއާންމަށް ތާއީދުކޮށް، އެމެރިކާގެ ކޮންގްރެސްގައި އިޒްރޭލު ދިފާއުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ.

އޭނާއާ ހަވާލާދީ އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ" ގެ ނަމުގައި ހުށަހަޅާ މި ބިލުގެ މަސައްކަތުގައި ވެރިކަންކުރާ ޑިމޮކްރެޓުންގެ އިތުރުން މެންބަރުން ވެސް ގޮޓްހެއިމާ އާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

"އިޒްރޭލުގެ ރައްޔިތުން ވަނުން މަނާކުރާ ގައުމަކަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ދެވިގެން ނުވާނެ، އިޒްރޭލަކީ އަހަރުމެންގެ އެންމެ ގާތް އެއް ގައުމު، ދިވެހިރާއްޖޭގެ މި ނިންމުމަކީ ޔަހޫދީންނާ ދެކޮޅަށް ނިންމި ނިންމުމެއް،" ގޮޓްހެއިމާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުން ބާތިލު ނުކުރަނީސް އެމެރިކާއިން ރާއްޖެއަށް އެހީގެ ގޮތުގައި އެންމެ ފައިސާ ފޮތްޗެއްވެސް ދެވިގެން ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އިޒްރޭލަށް އަސްކަރީ އެހީ ފޯރުކޮށްދޭން ކޮންގްރެސްގައި އެންމެ ބޮޑަށް އަޑުއުފުލާ މީހުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

މި ފަހުން އިންޓަނޭޝަނަލް ކްރިމިނިލް ކޯޓު (އައިސީސީ) އިން އިޒްރޭލުން ހިންގާ ގަތުލުއާންމާ ގުޅިގެން އެ ގައުމުގެ އިސްވެރިންނާ ދެކޮޅަށް ނެރުނު ކޯޓު އަމުރުތަކާ ގުޅިގެން، އެ ކޯޓަށްވެސް ގޮޓްހެއިމާ ވަނީ ފާޑުކިޔާފަ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު ރިޕަބްލިކަނުންގެ އަތުގަ އެވެ. ނަމަވެސް އިޒްރޭލުގެ މައްސަލާގައި އެމެރިކާގެ މައި ދެ ޕާޓީގެ ގިނަ މެންބަރުން ވެސް މަސައްކަތް ކުރަނީ އެކުގަ އެވެ. އެހެންކަމުން ރާއްޖެއާ ދެކޮޅަށް ގޮޓްހެއިމާ ހުށަހަޅާ ބިލު ފާސްކުރުމުގެ ފުރުސަތު ބޮޑެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރާތީ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ މެދުކަނޑާލުމުގެ މަސައްކަތް ފެށި ނަމަވެސް، އިސްލާމީ ގިނަ ގައުމުތަކާއި އެމެރިކާ ހިމެނޭހެން ބައިނަލްއަގުވާމީ އާންމުންގެ ތާއީދު ދަނީ ރާއްޖެއަށް އޮހެމުންނެވެ.

އެގޮތުން ސައިޒުން ކުޑަ ނަމަވެސް ރާއްޖެއިން އެޅި ފިޔަވަޅަކީ ފަލަސްތީނުގައި ހައްގުގައި ކެރިގެން އެޅި ފިޔަވަޅެއްކަން ވަނީ ސޯޝަލް މީޑިއާގައި ގިނަ މީހުން ދަނީ ފާހަގަކުރަމުންނެވެ.

ރާއްޖޭގެ ނިންމުމާއެކު އިޒްރޭލުން ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލުގެ އެންމެން މިތަން ދޫކޮށް ދިޔުމަށާއި، ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ދަ ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައި ވަނީ މި ވަގުތު ރާއްޖޭގައި ތިބި އިޒްރޭލު މީހުން ފުރައިގެން ދިޔުމަށް އެދެނީ ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއްގައި އެހީތެރިވުމަށް ދަތިވާނެތީ ކަމަށެވެ.

ނިމިގެން ދިޔަ 2023 ވަނަ އަހަރު އިޒްރޭލުން ގާތްގަނޑަކަށް 10،966 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ޖުމުލަ ޓޫރިސްޓުންގެ 0.58 ޕަސެންޓެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު 500 އަށް ވުރެ ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި 10،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު 81،000 އަށް ވުރެ ގިނަ މީހުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox