ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓަށް އެމްޑީގެ ބޮޑެތި ތުހުމަތުތަކެއް

ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓަށް އެމްޑީގެ ބޮޑެތި ތުހުމަތުތަކެއް

އައު މެނޭޖުމަންޓުން ޕީއެސްއެމްއާ ހަވާލުވިއިރު، ކުރީގެ ފައިނޭންސް ހެޑު 2020 ވަނަ އަހަރުން ފެށިގެންކުންފުނީގެ އެތައް ފައިސާއަކަށް ހިޔާނާތްތެރިވެފައި ކަމަށް ވިދާޅުވެ، އެ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު، އެކުންފުނީގެ ކުރީގެ މެނޭޖްމަންޓަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެެވެ.

ޕީއެސްއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޒީނާ ވިދާޅުވީ ޕީއެސްއެމްއާ ހަވާލުވި އިރު އެތަނުގެ ތިޖޫރީގައި ހުރީ އެންމެ ހަތް ރުފިޔާ ކަމަށެވެ. އެ ކުންފުނީގެ ބަޖެޓުގައި ހުރި ފައިސާ ޑޮލަރު ގަތުމަށް ކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ޝައްކު އުފެދޭ ފަދަ ކަންތައްތަކެއް ހިންގާފައިވާކަން އެނގުމާއެކު ކުރީގެ ފައިނޭންސް ހެޑު ވަގުތުން ސަސްޕެންޑުކޮށް މައްސަލަ ބަލަން ފެށި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރުގެ ފައިނޭންސް ހެޑް ވާނީ ސަސްޕެންޑު ކޮށްފައި މިދިޔަ މަހުގެ، އާދެ އޭޕްރިލް 29 ވަނަ ދުވަހުން ފެށިގެން، ސަސްޕެންޑު ކުރުމަށްފަހު އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓް ކޮމެޓީން މައްސަލަ ބަލައި އަދި އެސްއެޗްއާރުއެމްޑީ ކޮމެޓީން މައްސަލަ ބެލުމަށްފަހު ގަވާއިދާއި ގާނޫނާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފު ވާނީ މި މެއި މަހުގެ 19 ވަނަ ދުވަހު ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފައި،" ޒީނާ ވިދާޅުވި އެވެ.

ކުންފުނީގެ ލިޔެކިޔުންތައް ބެލުމުން 2022 ވަނަ އަހަރުން ފެށިގެން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފައިނޭންސް ހެޑު ނެގި ފައިސާގެ ތެރެއިން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ކުންފުނީގެ ލިޔެކިޔުންތަކަށް ބަލާއިރު 2020 ވަނަ އަހަރުން ފެށިގެން ޑޮލަރު، ގަތުމަށް ކަމަށްބުނެ ޖަމާކޮށްފައި ކުންފުންޏަށް ނުލިބި ވޭތުވެދިޔަ ހަތަރު އަހަރު އެބަހުރި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ، ލިޔެކިޔުންތަކުން އެބަދައްކާ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން،" ޒީނާ ވިދާޅުވި އެެވެ.

އެ ވާހަކަތަކުގެ ތެރެއިން ހީނާ ވިދާޅުވީ އައު މެނޭޖުމަންޓުން ޕީއެސްއެމްއާ ހަވާލުވިއިރު، އެ ކުންފުނީގެ ތިޖޫރީގައި ވެސް ޑޮލަރު އެކައުންޓުގައި ވެސް އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އޭރު ތިޖޫރީގައި ހުރީ އެންމެ ހަތް ރުފިޔާ ކަމަށް ވެސް ޒީނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވީއިރުގައި ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާއެއް ވެސް ނެތް، މިދެންނެވީ އެންމެ ދިހަ ރުފިޔާއެއްހައި ހިސާބު ވެސް ޕީއެސްއެމްގެ ތިޖޫރީގައެއް ނެތް، އަދި ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި އެންމެ ރުފިޔާއެއް ވެސް ނެތް، އެންމެ ޑޮލަރެއް ވެސް ނެތް،" ޒީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި އޮޑިޓު އޮފީހުން ހާއްސަ އޮޑިޓެއް ތައްޔާރު ކުރަމުންދާއިރު، ފުލުުހުން ޖިނާއީ ތަހުގީގެއް ވެސް ކުރަމުންދާ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޔާމީން ރަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox