ޖިންސީ ފުރައްސާރައިގެ ތަހުގީގު ފުރިހަމަނުވެ އެމްއެމްޕީއާރުސީގެ މުވައްޒަފުން ނުރައްކަލެއްގައި!

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ފާތިމަތު އަދި ނޫރައިން ޓޫރިޒަމް މިނިސްޓަރާއެކު : އެމްއެމްޕީއާރުސީގައި ހިނގި ޖިންސީ ފުރައްސާރައިގެ ތަހުގީގު ރަނގަޅަށް ނުހިންގާ ކަމަށް ނޫރައިން ވަނީ ވިދާޅުވެފަ - ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ފާތިމަތު އަދި ނޫރައިން ޓޫރިޒަމް މިނިސްޓަރާއެކު : އެމްއެމްޕީއާރުސީގައި ހިނގި ޖިންސީ ފުރައްސާރައިގެ ތަހުގީގު ރަނގަޅަށް ނުހިންގާ ކަމަށް ނޫރައިން ވަނީ ވިދާޅުވެފަ - ފޮޓޯ: އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މުވައްޒަފަކު ހިންގި ޖިންސީ ފުރައްސާރައިގެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި އައިޝާ ނޫރައިން ޖަނާހު ވިދާޅުވެއްޖެ އެވެ.

އިސްތިއުފާގެ ސިޓީއާއެކު ނޫރައިން ވަނީ ޗެއާޕާސަންގެ ދައުރުގައި ފާހަގަކުރެވުނު ކޯޕަރޭޓް ގަވަނެންސާ ހިލާފު ކަންކަމާއި ގުޅޭ ރިޕޯޓެއް އިނގިރޭސި ބަހުން ހުށަހަޅާފަ އެވެ. އެ ސިޓީގައި އެޕްރީލް އެކެއްގައި އެ ކުންފުނިން ބަލަން ފެށި ޖިންސީ ފުރައްސާރައިގެ ތަހުގީގު ކުރިއަށްދިޔަ ގޮތުގެ ވާހަކަތައް ހިމަނާފައިވެ އެވެ.

އެގޮތުން، ޖިންސީ ފުރައްސާރައިގެ ތަހުގީގުތައް ހިންގުމުގައި އަމަލުކުރަން އޮންނަ ޕްރޮފެޝަނަލް މިންގަނޑުތަކަށް އެމްއެމްޕީއާރުސީގެ މެނޭޖްމަންޓުން ބޯނުލަނބާ ކަމަށާއި އެ ތަހުގީގު ހިންގާފައިވަނީ ގޯސްކޮށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ޑިރެކްޓަރުންގެ ބޯޑުގެ ލަފަޔާއި ގާނޫނީ ލަފާ ވެސް މެނޭޖުމަންޓުން ބަލައިގަނެފައި ނުވޭ. މިއަދާ ހަމައަށް ވެސް ޖިންސީ ފުރައްސާރައިގެ ތަހުގީގުގެ މަރުހަލާތަކާއި ތަހުގީގު ރިޕޯޓު ބޯޑް އޮފް ޑިރެކްޓަރުންނާ ހިއްސާކުރަން މެނޭޖުމަންޓުން ވަނީ ދެކޮޅު ހަދާފައި. މިކަމުގެ ސަބަބުން ސްޓާފުންގެ ރައްކާތެރިކަމާއި ސްޓާފުންގެ މެދުގައި އޮތް ރޫހަށް ވަނީ އަސަރުކޮށްފައި," ނޫރައިންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މި މައްސަލާގެ އިތުރުންވެސް އެމްއެމްޕީއާރުސީ ހިންގުމުގައި ހުރި ގިނަ ގޯސްތަކެއް ނޫރައިން ފާހަގަކުރެއްވިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގުވެސް މިއަދު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެމްއެމްޕީއާރްސީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫންކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެފަދަ އަމަލެއް ކޮށްފި ކޮންމެ މުވައްޒަފަކާމެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް އެކަމުގައި އެޅި ފިޔަވަޅެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން، ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox