ވޯކް ވިސާ ޖެހުމަށްފަހު ފަސޭހައިން ޕާސްޕޯޓާ ހަވާލުވެވޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އިމިގްރޭޝަން ކައުންޓަރެއްގެ ނަން ބޯޑު -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އިމިގްރޭޝަން ކައުންޓަރެއްގެ ނަން ބޯޑު -- ފޮޓޯ: އަދަދު

ވޯކް ވިސާ ޖެހުމަށްފަހު, ގިނަ ވަގުތު ކިއުގައި މަޑުކުރަން ނުޖެހި, ފަސޭހައިން ޕާސްޕޯޓާ ހަވާލުވެވޭ ގޮތް ހަދައިފި އެވެ.

މީގެ ކުރިން އޮންނަނީ ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވާން ދާ މީހުން, ވަކި ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ، ނަންބަރު ޖެހެންދެން އެތަނުގައި މަޑުކުރަން ޖެހޭ ގޮތަށެވެ. އެކަމަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނުން މިއަދު ވަނީ ގިނަ ވަގުތު ކިއުގައި ތިބެން ނުޖެހޭނެހެން އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

މިއަދުން ފެށިގެން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވާން އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

Advertisement

އެ އިދާރާއިން ބުނީ މި ބަދަލު ގެނައީ ހިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާތީ, އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކަމަށެވެ.

އެގޮތުން ޒަމާނާއި އެއްގޮތަށް އޮންލައިންކޮށް، ކަނޑައެޅިފައިވާ ގަޑީގައި "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެ އެވެ. އަދި ކިއުގެ ހިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެ އެވެ.

"އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނަގަންވީ ގޮތް:

  • ފަހަކަށްވުރެމަދު ޕާސްޕޯޓާއި ހަވާލުވާން ނަންބަރު ނަގަން ޖެހެނީ ހެނދުނު 9:00 އިން 10:30 އާއި ދެމެދު; ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް.
  • ހައަކަށްވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ނަންބަރު ނަގަން ޖެހެނީ މެންދުރު 11:30 އިން 12:30 އާއި ދެމެދު; ހިދުމަތް ދޭނީ މެންދުރު 1:15 އިން 03:00 އަށް.

ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީޕީއެޗް އަދި ބޮކްސް ނަންބަރު ނުވަތަ ނަންބަރުތައް ޖެހުމަށްފަހު، ސަބްމިޝަން ރިސިޓް އަޕްލޯޑު ކޮށްލުމުން ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިންތިޒާމުތައް މިހެން ހަމަޖެއްސުމުން, ހިދުމަތް ހޯދާ މީހުންގެ ވަގުތު ސަލާމަތްވެ، ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox