މޯލްޑިވިއަންއިން ހައްޖަށް ފޮނުވާ ތިން މުވައްޒަފުންނާ އިއްޔެ ލިޔުން ހަވާލުކޮށްފި އެވެ.
މޯލްޑިވިއަންއިން ހައްޖަށް ފޮނުވާ ތިން މުވައްޒަފުންނާ ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ އެމްޑީ އަދި އެގްޒެކެޓިވް ޑިރެކްޓާ އިބްރާހިމް އިލްޔާސް އެވެ.
މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ވިދާޅުވީ ހައްޖަށް ފޮނުވާ މުވައްޒަފުން ހޮވީ ކުންފުނީގައި 10 އަހަރާއި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންގެ މެދުގައި ގުރެއް ނަގައިގެން ކަމަށެވެ.
ހައްޖަށް ފޮނުވާ ތިން މުވައްޒަފުން:
- މަރިޔަމް ހުދާ
- އިބްރާހިމް ރިޒާ
- މުހައްމަދު އަޒްމީ
މޯލްޑިވިއިން ވަނީ މިދިޔަ އަހަރު ދެ މުވައްޒަފުން ކުންފުނީގެ ހައްޖު ޕޮލިސީގެ ދަށުން ހައްޖަށް ފޮނުވާފަ އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން އަންނަނީ އެ ކުންފުނިތަކުން ހައްޖަށް ފޮނުވާ މުވައްޒަފުން ހޮވާ އިއުލާން ކުރަމުންނެވެ. އޭގެ ތެރޭގައި އެމްއޭސީއެލް އަދި އެމްޕީއެލް ހިމެނެ އެވެ.










