ދަރަނި ދައްކަން އެމްޑީޕީ އިން އައިލެންޑް އޭވިއޭޝަންއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް

Jul 3, 2026, 11:52 AM
ކުރީގެ ރައީސް ސޯލިހު އައިލެންޑް އޭވިއޭޝަންގެ ބޯޓަކަށް އަރައިވަޑައިގަންނަވަނީ: ފައިސާ ދައްކަން ޖެހެނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް ކުރި ދަތުރުތަކަށް -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ސޯލިހު އައިލެންޑް އޭވިއޭޝަންގެ ބޯޓަކަށް އަރައިވަޑައިގަންނަވަނީ: ފައިސާ ދައްކަން ޖެހެނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް ކުރި ދަތުރުތަކަށް -- ފޮޓޯ: ރައީސް އޮފީސް

އައިލެންޑް އޭވިއޭޝަންއަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ސެޓްލްމަންޓް އެއްބަސްވުމެއް ހަދައިފި އެވެ.

އެމްޑީޕީ އިން އައިލެންޑް އޭވިއޭޝަނަށް 3.6 މިލިއަން ރުފިޔާ ދޭންޖެހެ އެވެ. އެ ފައިސާ ދައްކަން ޖުލައި، 2025، ގައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ސެޓްލްމަންޓް އެގްރީމެންޓު ހެދީ މެއި 24، ގަ އެވެ. 

ސެޓްލްމަންޓު އެގްރީމެންޓު ހެދުމަށްފަހު އައިލެންޑް އޭވިއޭޝަނުން ވަނީ އެ މައްސަލަ ކޯޓަށް ވައްދައި، އެގްރީމަންޓާ އެއްގޮތަށް ފައިސާ ދައްކަން އެމްޑީޕީއަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ. ދައުވާ ކުރާ ފަރާތުން އެދުނު ގޮތަށް ކޯޓުން ވަނީ އެ މައްސަލައިގައި ހުކުމްކޮށްފަ އެވެ. 

އެމްޑީޕީ އިން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ ފައިސާއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންގެވި ކެމްޕެއިނުގައި ބޯޓު ޗާޓަރު ކުރެއްވުމަށާއި ދަރަންޏަށް ނެގި ޓިކެޓުތަކަށްވާ ފައިސާ އެވެ. 

އެ ފައިސާ ދައްކަން ހުކުމްކޮށް، އޭގެ ފަހުން ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަން ތަންފީޒީ މަރުހަލާގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ސެޓްލްމެންޓް އެގްރީމެންޓެއް ހަދާފައި މި ވަނީ އޭގެ ފަހުންނެވެ.

ވެރިކަމުގައި އޮންނަ ފަރާތަކުން އައިލެންޑް އޭވިއޭޝަންގެ ބޯޓުފަހަރު ކުއްޔަށް ނެގުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެވެ. މި ސަރުކާރުން ވެސް އެކި ކެމްޕެއިނުތަކަށް އެ ކުންފުނީގެ ބޯޓުފަހަރު ވަނީ ކުއްޔަށް ނަގައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox