ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލައިފި، ދަތުރުތައް ކާމިޔާބު: އަމީން

ސިވިލް އޭވިއޭޝާން މިނިސްޓަރު، މުހައްމަދު އަމީން މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިވިލް އޭވިއޭޝާން މިނިސްޓަރު، މުހައްމަދު އަމީން މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި އޭގެ ދަތުރުތައް ވަރަށް ކާމިޔާބުކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ފާާއިތުވި 16 މަސްދުވަހުގެ ތެރޭގައި ފަސިންޖަރުންގެ ގޮތުގައި ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 55،000 ފަތުރުވެރިންނާއި ހައްޖުގެ އަޅުކަމާއި އުމުރާގެ އަޅުކަމަށް އުފުލި ދިވެހިން ކަމަށެވެ.

ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ޗައިނާގެ ތިން މަންޒިލަކާއި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން އޮސްޓްރޭލިއާއަށް ވެސް ފަށައި ކާމިޔާބުކަމާއެކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗައިނާ އިންޑިއާ އަދި މީގެ އިތުރުން އަޅުގަނޑުމެން، މި ދިމާވި މެދުއިރުމަތީގެ ހަނގުރާމައިގައި ރާއްޖޭގެ ޓޫރިޒަމަށް ދިމާވި މައްސަލަތަކާ ގުޅިގެން އަޅުގަނޑުމެން އޮސްޓްރޭލިއާއަށް މިހާރު ޝެޑިއުލް ދަތުރުތައް ފެށިފައި ވަނީ، އަދި ވަރަށް ކާމިޔާބުކަމާ އެކީގައި ވަރަށް ރަނގަޅު ލޯޑް ފެކްޓާއެއްގައި އެ އޮޕަރޭޓު ކުރަމުން އެ ދަނީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މޯލްޑިވިއަންގެ އަމިއްލަ ވައިޑް ބޮޑީ އެއާކްރާފްޓެއް އޮތުމުގެ އެންމެ މުހިންމު ބޭނުމަކީ ދުނިޔެއަށް ކާރިސާއެއް ދިމާވާ ހާލަތުގައި ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި އެތެރެ ކުރެވޭނެ ބާރު ދިވެހިންގެ އަތުގައި އޮތުން ކަމަށެވެ. އެކަން އޭނާ ސިފަކުރެއްވީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްގެ ގޮތުގަ އެވެ.

ޖުމްލަ 264 ސީޓު ހިމެނޭ މި އެއާބަސް 330-200 އެއް މޯލްޑިވިއަންއަށް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ 6، ގަ އެވެ.  އެ އެއާކްރާފްޓުގައި ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ގޮނޑިތައް ހިމެނެ އެވެ.

މޯލްޑިވިއަންއިން އެ އެއާކްރާފްޓު ކުއްޔަށް ނެގީ ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުނިންނެވެ. އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އޭގެ ކުރިން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރަމުން އައީ އެއާބަސް-321، އެއާބަސް-320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox