ގެއްލުމުގައި ހިންގާ އައިލެންޑް އޭވިއޭޝަނުން މުވައްޒަފުންނަށް ފްލެޓުތަކެއް އަޅަނީ

Jul 11, 2026, 8:30 AM
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި އޮތް މޯލްޑިވިއަންގެ މަތިންދާބޯޓެއް: އައިލެންޑް އޭވިއޭޝަން ގެއްލުމުގައި ހިންގަމުން އަންނަތާ ފަސް އަހަރު ވެއްޖެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި އޮތް މޯލްޑިވިއަންގެ މަތިންދާބޯޓެއް: އައިލެންޑް އޭވިއޭޝަން ގެއްލުމުގައި ހިންގަމުން އަންނަތާ ފަސް އަހަރު ވެއްޖެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ގެއްލުމުގައި ހިންގަމުން އަންނަ ދައުލަތުގެ ކުންފުނި، އައިލެންޑް އޭވިއޭޝަނުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓުތަކެއް އިމާރާތްކުރުމުގެ މަޝްރޫއެއްގެ މަސައްކަތް ފަށައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އާއި މާފަރު އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ހުސްވި ހަފުތާގެ ތެރޭގައި މި ފްލެޓުތައް އަޅަން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 12،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ހޯދާފަ އެވެ. މި ބިމާ ގުޅޭ އެއްބަސްވުންތަކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކީ ސޮއިކުރީ މިދިޔަ ބުރާސްފަތި ބުރާސްފަތި ދުވަހު އެވެ. 

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ، ވަރަށް އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް އެ ފްލެޓު މަޝްރޫއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހިއްސާނުކުރައްވާތީ، ފްލެޓު ޕްރޮޖެކްޓަށް ފައިސާ ހަރަދުކުރާ ގޮތެއް ނޫނީ ތަރައްގީކުރަނީ ކިތައް އެޕާޓްމަންޓު ކަމެއް ނޭނގެ އެވެ.

އެ ކުންފުނީގައި 1،500 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ އިރު، އޭގެ ތެރޭގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދު 1،300 އަށް ވުރެ ގިނަ އެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެ އަހަރު އެ ކުންފުންޏަށް 2.7 މިލިއަން ރުފިޔާ ގެއްލުންވި އެވެ.

އައިލެންޑް އޭވިއޭޝަނަށް ދިމާވެގެން އުޅޭ މައްސަލައަކީ އެ ކުންފުންޏަށް ލިބޭ އާމްދަނީގައި އުޅޭ މައްސަލައެއް ނޫނެވެ. އެ ގޮތުން 2024 ގައި އެ ކުންފުންޏަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ހިންގުމުގެ ހަރަދުތަކަށް ކަނޑާފައި 171.2 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނެވެ. އެކަމަކު ހިންގައިގެން ލިބުނު ހުރިހާ ފައިދާއެއް އެ ކުންފުނިން ހަރަދުކުރަން ޖެހުނީ ފައިނޭންސިން ހަރަދުތަކަށެވެ.

އައިލެންޑް އޭވިއޭޝަނުގެ ފައިނޭންސިން ހަރަދުތަކުގެ ބޮޑު ބައެއް ހަރަދު ވަނީ އެ ކުންފުނިން ކުއްޔަށް ނަގާފައިވާ އެއާކްރާފްޓުތަކަށެވެ. 

އެ ކުންފުންޏަށް ދިމާވެފައި އޮތް އަނެއް މައްސަލައަކީ ކޮވިޑު އަހަރުން ފެށިގެން ތިން އަހަރެއްގައި އެ ކުންފުންޏަށް ލިބުނު އެތައް ބިލިއަން ރުފިޔާގެ ގެއްލުމެވެ. އައިލެންޑް އޭވިއޭޝަނުގެ ތާރީހުގެ ތެރޭގައި އެ ކުންފުންޏަށް އެކުޖުމުލަ 1.7 ބިލިއަން ރުފިޔާ ގެއްލުންވެފައިވާއިރު، އޭގެ 90 ޕަސެންޓަކީ 2020 އާއި 2021 އާއި 2022 ގައި ލިބުނު ގެއްލުމެވެ.

ދައުލަތުގެ ކުންފުނިތަކުން ފްލެޓު ތަރައްގީކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގައި، ހިޔާ މަޝްރޫއުގެ ބައެއްގެ ގޮތުގައި ހިމަނައިގެން ފެށި ކަމެކެވެ. އޭރު ބިން ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލް އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ އިތުރުން އެމްޕީއެލް އާއި އެސްޓީއޯއިން ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ޓަވަރުތަކެއް އަޅާފަ އެވެ. އަދި، އެޗްޑީސީން ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅެން އެޕާޓްމަންޓުތައް ތަރައްގީކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox