"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމުގައި 58 މީހުން ބައިވެރިވެއްޖެ

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖެނުއަރީ 18 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވަނީ-- ފައިލް ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޖެނުއަރީ 18 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވަނީ-- ފައިލް ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް ދާއިރާގަ ވަޒީފާ އަދާކުރާ އަންހެނުން އިތުރުކުރަން ޓޫރިޒަމް މިނިސްޓްރީން އިފްތިތާހުކުރި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމުގައި 58 އަންހެނުން ބައިވެރިވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީ 18، ވަނަ ދުވަހު އިފްތިތާހު ކުރި ޕްރޮގްރާމާ ބެހޭ ގޮތުން މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ ޕްރޮގްރާމްގަ ބައިވެރިވި ފަރާތްތަކަށް މެންޓޯ އިން ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާ އިން ސެޓްފިކެޓް، ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް، އަހަރަކު ދެފަހަރު ހިންގާ މި ޕްރޮގްރާމުގަ ތިން މަރުހަލާ އެއް ހިމެނެ އެވެ.

އެ ޕްރޮގްރާމުގަ ޓޫރިޒަމް ދާއިރާގަ ތަޖުރިބާހުރި ފާރާތެއް ކޮންމެ ދަރިވަރެއްގެ މެންޓޯއެއްގެ ގޮތުގަ ހަމަޖައްސައި، ތިން މަސް ދުވަހުގެ މުއްދަތަށް މެންޓޯޝިޕް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"މިހާރު ކުރިޔަށް ދަނީ ކޮންމެ ދަރިވަރެއްގެ އިންޓްރެސްޓް ހުރި ދާއިރާއަކާ ގުޅޭ މެންޓަރުން އެ ދަރިވަރަކާ ގުޅުވުމުގެ މަސައްކަތް، މި މަސައްކަތް ނިމުމުން ދަރިވަރުން މެންޓަރުންނާ އެޓޭޗްވެ މަސައްކަތް ފަށާނެ،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބަރިވެރިންނަށް ފައިސާގެ އިނާޔަތެއް ވެސް ލިބޭނެ ކަމަށެވެ.

ރާއްޖޭގަ ވަޒީފާއަދާކުރާ އާބާދީގެ 13 ޕަސެންޓް މަސައްކަތް ކުރަނީ ޓޫރިޒަމް ދާއިރާގަ އެވެ. އެއީ ގާތްގަނޑަކަށް 58،000 މީހުންނެވެ. ނަމަވެސް އޭގެ ތެރެއިން އަންހެނުންގެ ހިއްސާ އަކީ 10 ޕަސެންޓްވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox