އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުނުއިރު ދައުލަތުގެ އާމްދަނީއަށް 11 ބިލިއަން ރުފިޔާ

May 14, 2024, 8:33 AM
ކ. ދިއްފުށީގެ ގެސްޓުހައުސްތައް ހުންނަ ސަރަހައްދުގެ އަތިރިމަތި: އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ތިން ބައި ކުޅަ އެއް ބަޔަކީ ޓޫރިޒަމް ޖީއެސްޓީ -- ފޮޓޯ: ސްޓޯން ހޮޓެލްސް

ކ. ދިއްފުށީގެ ގެސްޓުހައުސްތައް ހުންނަ ސަރަހައްދުގެ އަތިރިމަތި: އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ތިން ބައި ކުޅަ އެއް ބަޔަކީ ޓޫރިޒަމް ޖީއެސްޓީ -- ފޮޓޯ: ސްޓޯން ހޮޓެލްސް

ޓެކުހާއި ޓެކްސް ނޫން އާމްދަނީ އިތުރުވެ، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ މަންތުލީ ރެވެނިޔު ކަލެކްޝަން ރިޕޯޓު ގައިވާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ އޭޕްރީލްއަށް ވުރެ 13.6 ޕަސެންޓު އިތުރު، އަދި ބަޖެޓުގައި ލަފާކުރި ވަރަށް ވުރެ 4.8 ޕަސެންޓު އިތުރު އަދަދެކެވެ.

Advertisement

މިދިޔަ މަހު އާމްދަނީ އިތުރުވީ ސަބަބުތަކުގެ ގޮތުގައި މީރާއިން ފާހަގަކުރީ، އަންދާޒާ ކުރި ވަރަށް ވުރެ މާޗު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން ޓޫރިސްޓު ނަމްބަރުތަކާ ސީދާ ގުޅުން ހުރި ޓެކްސްތައް ކަމުގައިވާ، ޖީއެސްޓީ އާއި އެއާޕޯޓު ޓެކުހާއި ފީތަކާއި ގްރީން ޓެކްސްއިން ލިބުނު އާމްދަނީ އިތުރުވުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މާޗު މަހު 194،227 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއީ އަންދާޒާ ކުރި ވަރަށް ވުރެ 4.8 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ

  • ޖުމްލަ އާމްދަނީ - 11 ބިލިއަން ރުފިޔާ
  • ޓެކްސް އާމްދަނީ - 9.5 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 1.4 ބިލިއަން ރުފިޔާ

މިދިޔަ މަހުގެ އާމްދަނީއަށް ލިބުނު ކުރިއެރުމާ އެކީ، މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ 11 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 1.9 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، މިއީ ލިބުނު ޖުމްލަ އާމްދަނީގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު އަދަދެކެވެ.

ޖީއެސްޓީ ނަގާފައި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް އާއި ރިސޯޓުތަކުގެ ބިމު ކުލިންނާއި ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އިންނެވެ. އަދި ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ އިން ވެސް 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox