ކުލި ކޮންޓްރޯލް ކުރުމާ ހައުސިން މިނިސްޓަރު ހައިދަރު ދެކޮޅު

ކުލި ކޮންޓްރޯލް ކުރުމާ ހައުސިން މިނިސްޓަރު ހައިދަރު ދެކޮޅު

ކުލި ކޮންޓްރޯލް ކުރުމަކީ ދިވެހިރާއްޖޭގައި ކުރަން ކަމުދާ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ކުލި ކޮންޓްރޯލްކޮށްފި ނަމަ އިމާރާތުގެ ވެރި ފަރާތަށް ގެއްލުންތަކެއްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުލި އޮންނަން ޖެހޭނީ މާކެޓަށް ދޫކޮށްލާފަ. އެހެން ނޫނީވިއްޔާ ވާ ގޮތަކީ ކުލި ކޮންޓްރޯލް ކުރަން ފަށައިފިއްޔާ ބޮޑެތި ލޯނުތަކާ އެއްޗެހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭ ގެއްލުންތަކެއް ވެސް އުޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ހުޅުވާލެވިފައި އޮންނަ މާކެޓެއް އޮންނަ ގައުމެއްގައި ކުލި ކޮންޓްރޯލް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އިގްތިސާދީ މާހިރުން ވެސް ގަބޫލު ކުރާ ކަމަށެވެ.

"އެހެންވީމަ އެއީކީއެއް ހުޅުވާލެވިފައި އޮންނަ މާކެޓެއް އޮންނަ ގައުމެއްގައި ކުރަން ކަމުދާ ކަމެއް ކަމަކަށް އިކޮނޮމިސްޓުން ވެސް ގަބޫލެއް ނުކުރޭ އިނގޭތޯ. އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ ކުލި ކޮންޓްރޯލް ކުރުމަކީ އެއީ އަޅުގަނޑުމެން ކުރަން ކަމުދާ ކަމެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ކުލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ކުރީ ސަރުކާރުގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"ޕްރައިވެޓް ސެކްޓާގައި ޕްރައިވެޓް ޕާޓީސްތައް އަމިއްލައަށް ލޯނު ނަގައިގެން ހަދާ ގެތަކުން ރެންޓް ކޮންޓްރޯލްކުރުމަކީ އެއީ މާކެޓް މެކޭނިޒަމްއާ ވަރަށް ހިލާފުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" މީގެ ކުރިން 2022 ވަނަ އަހަރު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވި އެވެ.

އެކަށީގެންނުވާ މިންވަރަކަށް މާލޭގެ ކުލި ބޮޑުވުމުގެ މައްސަލައިގައި މީގެ ކުރިން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. މާލޭ ޓެނަންޓްސް ޔޫނިއަނުން ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ކުލި ކޮންޓްރޯލް ކުރުމަށެވެ.

ދިވެހިރާއްޖޭގެ އާބާދީގައި ބިދޭސީންނާއެކު 515،122 މީހުން ހިމެނޭއިރު އޭގެ ތެރެއިން 212،138 މީހުން ދިރިއުޅެނީ ވެރި ރަށް މާލޭގަ އެވެ. އެހެންކަމުން އާބާދީގެ 41 ޕަސެންޓު ދިރިއުޅެނީ މާލޭގަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ 450 އަށް ވުރެ ގިނަ އެޕާޓްމަންޓު ހުންނަނީ ކުއްޔަށް ދޫކޮށްފަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ކުލި އެންމެ ބޮޑުވެފައި ވަނީ 2009 ވަނަ އަހަރެވެ. އަދި ކުލި އެންމެ ކުޑަވީ ކޮރޯނާ ވައިރަސް ފެތުރުނުއިރު 2020 ވަނަ އަހަރު ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އޭގެ ފަހުން މަޑުމަޑުން ކުލި ބޮޑުވަމުން އަންނަ ކަމަށް ވެސް ހިސާބުތަކުން ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox