ފުށިދިއްގަރު މަޝްރޫއު މެދުނުކެނޑޭނެ ކަމަށް އަމަލީ މަސައްކަތް ފެށި ދުވަހު ރައީސް ވިދާޅުވި

ފުށިދިއްގަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ހަފުލާގައި ރައީސް ވާހަކަދައްކަވަނީ : އެ މަޝްރޫއު މެދުނުކެނޑޭނެ ކަމަށް އެދުވަހު ދުވަހު ރައީސް ވިދާޅުވި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުށިދިއްގަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ހަފުލާގައި ރައީސް ވާހަކަދައްކަވަނީ : އެ މަޝްރޫއު މެދުނުކެނޑޭނެ ކަމަށް އެދުވަހު ދުވަހު ރައީސް ވިދާޅުވި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުށިދިއްގަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު މެދުނުކެނޑޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަން އެނގިއްޖެ އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރަން ކުރިއަށްގެންދާ މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ފުރަތަމަ ފަަހަރަށް ރައީސް އެއްބަސްވެވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ރޭ ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ނަމަވެސް، ޑިސެމްބަރު 18، 2023 ގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ރަސްމާލެ ހިއްކާ ނިމޭނީ އަށް މަސް ދުވަހުން ކަމަށާއި އެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި، 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ،" ފުށިދިއްގަރު ފަޅުކައިރި އަޅާފައި އޮތް ބާޖެއްގައި ހުންނަވާ ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަ ރައީސް އޮފީހުގެ ވެބްސައިޓުގައި އަދިވެސް ޝާއިއުކޮށްފައިވެ އެވެ.

ފުށިދިއްގަރު ފަޅުން މިހާތަނަށް ހިއްކާފައިވާ 10 ވަރަކަށް ހެކްޓަރުގެ ސަރަހައްދު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ފުށިދިއްގަރު ފަޅުން މިހާތަނަށް ހިއްކާފައިވާ 10 ވަރަކަށް ހެކްޓަރުގެ ސަރަހައްދު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުށިދިއްގަރު ފަޅުން މިހާތަނަށް ހިއްކާފައިވާ 10 ވަރަކަށް ހެކްޓަރުގެ ސަރަހައްދު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ވާހަކަތަކަށް ތިން މަސްދުވަސް ވެފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ ރައީސް ވިދާޅުވީ އެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މަޖިލީހުން އެ ކަމަށް ހުރަސްއަޅާތީ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް ބަޖެޓުގައި ހިމެނި 400 މިލިއަން އުނިކުރި ވާހަކަ ރައީސް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންނަކަށް ކަންތައްތަކެއް ކޮށްދޭ ވިސްނުމަކު ނޫން މަޖިލީހުން ކަންތައްތައް ކުރަނީ ކުރިއަށް ގެންދަނީކީއެއް، އެހެންވީމަ އެކަން ލަސްވެފަ މިއޮތީ، އެހެން ނަމަވެސް އެޗްޑީސީއާއެކީގަ އެ ފަރާތުން ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ވަރަށް އަވަހަށް އަނެއްކާވެސް ބިން ހިއްކަން ފަށާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް، ރަސްމާލެ މަޝްރޫއު ރައީސް ފެއްޓެވީ އިރުވެސް މަޖިލީހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކޮށްފަ އެވެ. އެކަމަށް ގޮންޖަހާ މި މަޝްރޫއަކީ ދައުލަތުން އެއްވެސް ފައިސާއެއް ހަރަދު ނުކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވިދާޅުވި އެވެ.

މަޝްރޫއު ހިއްކުމަށް ދިން އަށް މަސްދުވަހުގެ މުއްދަތު ހަމަވާނެ ތާރީހަކީ މި އަހަރުގެ އޮކްޓޯބަރު 18، އެވެ. މިހާތަނަށް އެ މަޝްރޫއުގެ ދަށުން ހިއްކުނީ 10 ވަރަކަށް ހެކްޓަރުގެ ބިމެވެ. އެއީ މަޝްރޫއުގެ މަސައްކަތް ފެށި ހަފުތާ ހިއްކި ބިމެވެ.

އޭޭގެ ފަހުން, ރައީސް އޮފީހުން "އަދަދު" އިން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ރަސްމާލެ މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކާ ސައިޓު ޖޭގެ 29 ހެކްޓަރުގެ ތެރެއިން މަޝްރޫއުގެ މަސައްކަތް ފެށި ފުރަތަމަ ހަފުތާގައި ހިއްކި 10 ވަރަކަށް ހެކްޓަރުގެ އިތުރުން މިހާތަނަށް އިތުރު އެއްވެސް ސަރަހައްދެއް ހިއްކާފައެއް ނުވެ އެވެ.

ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ޔަގީން ކުރެވޭ ގޮތުގައި އެ ސަރަހައްދުގައި ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ. އީއައިއޭގައި ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުގައި ވެސް ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ.

ރަސްމާލެ މަޝްރޫއުގެ އީއައިއޭގައި ބުނެފައިވާ ގޮތުން މަސައްކަތް ފެށި ޑްރެޖަރު ބޭނުންކޮށްގެން ތާވަލާ އެއްކޮށް މަސައްކަތް ކުރިއަށްދިޔަ ނަމަ ފެބްރުއަރީ މަހުގެ ތެރޭގައި ސައިޓު ޖޭ ހިއްކުމުގެ މަސައްކަތް ނިމޭނެ އެވެ.

އެގޮތުން ބަންޑު ވޯލް ޖެހުމާއި ހިއްކުން އަދި ފަސްގަނޑު ލެވެލް ކުރުމަށް ބޭނުންވާނެ ކަމަށް އީއައިއޭގައި އަންދާޒާކޮށްފައިވާ މުއްދަތަކީ 60 ދުވަހާއި 75 ދުވަހާ ދެމެދުގެ މުއްދަތެކެވެ.

އެ ބިޔަ ސަހަރު އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox