ވެމްކޯ މުވައްޒަފުންނަށް މުސާރަ ނުދީ ހޮނިހިރު ދުވަހުގެރޭ އޮންނަ ޖަލްސާއަށް ދާން މަޖުބޫރު ކުރަނީ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު  މުޖުތަބާ ޖަލީލް: ވެމްކޯގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނި --- ފޮޓޯ: ވެމްކޯ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް: ވެމްކޯގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނި --- ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، އަންނަ ހޮނިހިރު ދުވަހުގެރޭ އޮންނަ އިހުތިރާމު ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާއަށް ދާން މަޖުބޫރުކުރަން ފަށައިފި އެވެ.

އަދަދު އަށް މައުލޫމާތު ދިން ވެމްކޯގެ މުވައްޒަފުން ބުނީ ހޮނިހިރު ދުވަހުގެރޭ އޮންނަ ޖަލްސާއަށް ދާން ކުންފުނީގެ މެނޭޖުމެންޓުން އަންގާފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ މަހުގެ މުސާރަ މިއަދާ ހަމައަށް ވެސް ބައެއް މުވައްޒަފުންނަށް ދީފައި ނުވާ ކަމަށް އެ މުވައްޒަފުން ބުންޏެވެ.

"ޖަލްސާއަށް ދާން މަޖުބޫރު، އެކަމަކު އަދިވެސް މިދިޔަ މަހުގެ މުސާރަ ބައެއް މުވައްޒަފުންނަށް ނުދޭ،" ވެމްކޯގެ މުވައްޒަފަކު ބުންޏެވެ.

Advertisement

ހޮނިހިރު ދުވަހުގެރޭ ބާއްވާ އިހުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންގެ އިތުރުން ވެސް ބައެއް އެހެން އެސްއޯސީތަކުން މުވައްޒަފުންނަށް ސަރުކާރުން ދަނީ މަޖުބޫރު ކުރަމުންނެވެ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

އޭގެ އިތުރުން، ސަރުކާރުގެ ސިވިލް ސާވިސް ވަޒީފާތަކުގައި ތިބި މުވައްޒަފުން ވެސް އެ ޖަލްސާއަށް ދާން މަޖުބޫރުކޮށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސަރުކާރު އޮފީސްތަކުގެ ޕާމަނަންޓް ސެކްރެޓްރީންނާއި ޒިންމާދާރު އިސްވެރިންނަށް މިދިޔަ ހަފުތާގައި ސިޓީއަކުން އަންގައިފަ އެވެ. އިހުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވާކަން ކަށަވަރު ކުރުމަށް ވެސް އެ ސިޓީގައި އަންގައިފައިވެ އެވެ.

ހެރިޓޭޖް މިނިސްޓްރީން ކުރިއަށްގެންދަން ރާވާފައިވާ އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މާފަންނު ޓްރެކް ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ. 

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިރާމް އަދާކުރުމުގެ ކެމްޕެއިނަށް ހެރިޓޭޖް މިނިސްޓްރީން ވަނީ މިހާތަނަށް ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ކަނޑައަޅާފައިވާއިރު، އެ ކެމްޕެއިން ކުރިއަށްގެންދަން ނިންމާފައިވަނީ ފަސް އަހަރު ދުވަހަށެވެ. 

ގައުމީ ފެންވަރުގައި ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox