ބެލްޖިއަމް މެޗުގައި ވޯކާ އާއި މެގުއާ އަށް ނުކުޅެވޭނެ

Mar 26, 2024, 2:01 AM
ބެލްޖިއަމް މެޗުގައި ވޯކާ އާއި މެގުއާ އަށް ނުކުޅެވޭނެ

ލަންޑަން (މާޗް 26) - ބްރެޒިލް މެޗުގައި އަނިޔާވި އިނގިރޭސި ދެ ޑިފެންޑަރުން ކަމަށްވާ ކައިލް ވޯކާ އާއި ހެރީ މެގުއާ އަށް ބެލްޖިއަމް މެޗުގައި ނުކުޅެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ވޯކާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ މެގުއާ އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު 1-0 ގެ ނަތީޖާ އަކުން ބްރެޒިލް އަތުން އިންގްލެންޑް ބަލިވި މެޗުގަ އެވެ.

އިންގްލެންޑް ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން ކެޕްޓަން ހެރީ ކޭން އާއި ބުކާޔޯ ސަކާ ވަނީ އެކުވެރިކަމުގެ މެޗުތަކުގެ ކުރިން ސްކޮޑުން ބާކީ ކޮށްފަ އެވެ.

އިންގްލެންޑުން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ, ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދެން ކުޅެން އަރާ ކުޅުންތެރިންނާއި މެދު ވެސް އިތުބާރު ބޮޑު ކަމަށެވެ.

"ބްރެޒިލް މެޗުގައި ވަޓްކިންސް ފަރާތުން މޮޅު ކުޅުމެއް ފެނުން. ބެލްޖިއަމް މެޗުގައި ޓޯނީ ކުޅޭނެ ކަމަށް މި ބަލަނީ. މިއީ އެ ކުޅުންތެރިންނަށް އާ ތަޖުރިބާ އެއް، ލިބޭ ފުރުސަތުގެ ބޭނުން ހިފަން ކުޅުންތެރިން ތިބީ ތައްޔާރަށް" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ޔޫރޯގެ ކުރިން އަދި ޓީމަށް ވަގުތު އެބައޮތް ކަމަށާއި, ޔޫރޯ އަށް ފަހު އޮންނަ އޮލިމްޕިކް ގޭމްސް އަށް 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނަށް ސީނިއާ ޓީމުން ވެސް ފުރުސަތު ހޯދޭނެ ކަމަށެވެ. އަދި މިއީ ދެ މުބާރާތައް އެކުގައި ތައްޔާރުވާން ރަނގަޅު ފުރުސަތެއްގެ ގޮތުގައި ސައުތުގޭޓް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox