މިދިޔަ އަންގާރަ ދުވަހު މާލޭގެ މަގެއްގައި ދުއްވި ޕިކަޕެެއްގެ ތެރޭ ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް، އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
މަގުމަތީގައި ބަދުއަހުލާގީ ވައްތަތަކެއް ޖެއްސި މައްސަލާގައި ހައްޔަރު ކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނީ މީހުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ. އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.














