ގެދޮރުވެރިޔާ ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ހައުސިން މިނިސްޓަރު އަލީ ހައިދަރު: ގެދޮރުވެރިޔާ ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

ހައުސިން މިނިސްޓަރު އަލީ ހައިދަރު: ގެދޮރުވެރިޔާ ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

ގެދޮރުވެރިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާކަމަށް ބުނާ 20 ޕަސަންޓު މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ހައިދަރު ވިދާޅުވި ގޮތުގައި ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް އަތުލާފައި އޮތް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ނުލިބޭތީ ކަމަށެވެ.

"މި ރާވަނީ އަންނަ ހަފްތާގައި [ފްލެޓު ދޫކުރުމުގެ] މަސައްކަތް ފަށައިގަނެވޭނެ ކަމަށް. އޭސީސީން މި ހަފްތާ ކުރީކޮޅު ވިދާޅުވީ ދެތިން ދުވަހެއް ތެރޭގައި އެކްސެސް ލިބޭނޭ. ލިބުނީމަ [ފްލެޓް ލިބޭ] މީހުންނަކީ ކޮބާކަން ކަނޑައެޅިގެން އެނގި, އެމީހުންނަށް ގުޅައިގެން ގެނެސް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެން ރާވާފައި އޮތީ" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ މިހާތަނަށް އޭސީސީން ދީފައިވާ ލިސްޓުގައި ހުރީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 20 ޕަސަންޓު މީހުންގެ ފޯމު ނަންބަރުތައް އެކަނި ކަމަށެވެ. އަދި އެއީ ކޮންބައެއްކަން އެނގޭނީ ޕޯޓަލްގެ އެކްސެސް ލިބިގެން, ޕޯޓަލްއިން ބަލައިގެން ކަމަށެވެ. ހައިދަރު ވަނީ އޭސީސީން މިހާރު ލިބިފައިވާ ލިސްޓު މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައިދަރު ވިދާޅުވީ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގައި ގެންގުޅޭ އުސޫލަކީ, ޕޯޓަލް މެދުވެރިކޮށް ޝަރުތު ހަމަވާ މީހުން ޔަގީން ކުރުމަށްފަހު މިނިވަން ކޮމިޓީއެއް އެކުލަވާލައިގެން އެ ކޮމިޓީގެ ލަފައާއެކު ފްލެޓް ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން ކަމަށެވެ.

ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"59 ޕަސަންޓު މީހުންނަކީ ކަނޑައެޅިގެން ޝަރުތު ހަމަނުވާ މީހުން ކަމަށް އެ ބޭފުޅުން ކަނޑައަޅުއްވާފައި ވާތީ އެއީ އަޅުގަނޑު ވަރަށް ކަނބޮޑުވާ ކަމެއް. 59 ޕަސަންޓަކީ މެޖޯރިޓީއަށްވުރެ މާ ބޮޑު އަދަދެއް. އެވަރަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީމާ އަޅުގަނޑުމެން އެބަޖެހޭ ކީއްވެގެންކަން ޝަރުތު ހަމަ ނުވަނީ އޮޅުންފިލުވުން." ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީން ފޮނުވި ސިޓީގައި, ގިނަ އަދަދެއްގެ ބަޔަކު ޝަރުތު ހަމަނުވާ ސަބަބު ސާފުކުރަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ފޯމުތައް އަލުން ބެލުމުގެ ފުރުސަތު އަދި ނުލިބޭ ކަމަށާއި, އެކަން ވެސް ބެލޭނީ ޕޯޓަލްގެ އެކްސެސް ލިބިގެން ކަމަށް ހައިދަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox