މިހާތަނަށް ފޯމް ހުށަހެޅީ 40 ކެންޑިޑޭޓުން، މިއަދު ފޯމް ހުށަހަޅާ ކެންޑިޑޭޓުން ގިނަ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު (ވ): ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ނުދޭނެ -- ފޮޓޯ؛ އީސީ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު (ވ): ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ނުދޭނެ -- ފޮޓޯ؛ އީސީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ފޯމް ހުށަހަޅާފައި ވަނީ 40 ކެންޑިޑޭޓުން ކަމަށާއި މިއަދު ފޯމް ހުށަހާޅާ ކެންޑިޑޭޓުންގެ އަދަދު ގިނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މައުލޫމާތު ދެއްވަމުން "އަދަދު" އަށް ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ މުއްދަތު ފެބްރުއަރީ 14، ގައި ހަމަވާއިރު މިއަދު 19 ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"މިއަދު ވަރަށް ގިނަ ބޭފުޅުން އެބަ ވަޑައިގަންނަވާ ފޯމް ހުށަހަޅުއްވަން. މިއަދު މިހާތަނަށް 19 ފޯމް ވަނީ ހުށަހަޅާފައި. އިއްޔެއާ ހަމައަށް ހުށަހަޅާފައި ވަނީ 21 ކެންޑިޑޭޓެއްގެ ފޯމު. އަޅުގަނޑުމެން އެދެނީ ލަސް ނުކުރައްވާ ވީހާވެސް އަވަހަށް ފޯމް ހުށަހެޅުއްވަމަށް. އިންތިހާބު ލަސްވި ނަމަވެސް ފޯމު ހުށަހެޅުމުގެ މުއްދަތު އަޅުގަނޑުމެންނަށް އިތުރު ނުކުރެވޭނެ" ހަބީބް ވިދާޅުވި އެވެ.

މިހެން ނަމަވެސް ބައެއް ކެނޑިޑޭޓުންނަށް، ހާއްސަކޮށް ކެމްޕެއިން އެކައުންޓު ހުޅުވުމުގައި ދަތިތައް ދިމާވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. ހަބީބު ވިދާޅުވީ މި ދަތިތައް ހައްލުކުރަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ބޭންކުން ބުނެފައިވާ ކަމަށާއި، މިގޮތުން އެކައުންޓް ހުޅުވުމުގައި ދިމާވާ ދަތިތަކަށް މިހާރު ފަސޭހަވެގެންދާނެ ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމްތައް ބަލައިގަތުމަށް ދަރުބާރު ގޭގައި 16 ކައުންޓަރުން އަންނަނީ ހިދުމަތް ދެމުންނެވެ. މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށް އީސީން ބުނެ އެވެ. އަދި މުއްދަތު އިތުރުކޮށް ނުދޭނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން އަންނައިރު، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހަށް ބިލެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން ކުރީގެ ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންވެސް ވާދަކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox