މިނިސްޓްރީން ފްލެޓުތައް ދޫކުރާނީ އޭސީސީގެ ތަހުގީގުގެ ތަފްސީލު ލިބުމުން ގާނޫނީ ލަފާ ހޯދުމަށް ފަހު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު : އޭސީސީގެ ރިޕޯޓު ލިބުމުން ގާނޫނީ ލަފާ ހޯދައި ފްލެޓުތައް ދޫކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު : އޭސީސީގެ ރިޕޯޓު ލިބުމުން ގާނޫނީ ލަފާ ހޯދައި ފްލެޓުތައް ދޫކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ޝަކުވާތައް ބެލުމަށް އެ ކޮމިޝަނުން ހިންގި ތަހުގީގުގެ ތަފްސީލުތައް ލިބުމުން ގާނޫނީ ލަފާ ހޯދުމަށް ފަހު ފުލެޓުތައް ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އޭސީސީން މި މައްސަލައިގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ. އަދި ފުލެޓު ދޭން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

މި މައްސަލާގައި ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އޭސީސީއިން ކުރިއަށް ގެންދިޔަ ތަހުގީގުގެ ފުރަތަހަ މަރުހަލާ ނިންމާ، ކޮމިޝަނުން ހޯދި ހޯދުންތައް މި މަހުގެ ފުރަތަމަ ދުވަހު އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އޭސީސީގެ ހޯދުންތަކާ ގުޅޭގޮތުން މި މަހުގެ ހަތަރެއްގައި އެ މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ތަހުގީގާ ގުޅޭ އިތުރު ތަފުސީލު މި މިނިސްޓްރީއާ ހިއްސާކުރައްވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވި، އެ މައުލޫމާޔު ލިބުމުން މި މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދާ ފުލެޓުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން" ބަޔާން ނިންމާލަމުން މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އޭސީސީގެ ހޯދުންތަކުން ޝަރުތު ހަމަވާކަން ހާމަވި ފްލެޓުގެ ހައްގުވެރިންނަށް އިތުރަށް ލަސް ކުރުމުކާއި ނުލައި ފްލެޓުތައް ދޫކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

"އެކި ސަބަބުތަކަށްޓަކައި ފްލެޓުތައް ދޫކުރުން މަސައްކަތް ލަސްވުމުގެ ސަބަބުން ފްލެޓޫގެ ހައްގުވެރިންނަށް ނުހަނު ގެއްލުން ލިބޭ. ފްލެޓުތަކުގައި ދިރިއުޅެވެން ދެން ކުލީގެ ގޮތުގައި އާމްދަނީއަށް ލިބޭ ބޮޑު އެއްޗެއް ހޭދަ ކުރަން ޖެހޭ. އާއިލާގެ ހުރިހާ މެމްބަރުންނާއެކު ކުދި ކުދި ތަންކޮޅުގައި އުޅެންޖެހިފައިވާ އެތައް އާއިލާއެއް އެބަ ތިބި،" އީވާ ހުށަހެޅި މައްސަލާގައިވެ އެވެ.

އޭސީސީގެ ތަހުގީގުން ހޯދި ހޯދުންތައް އާއްމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ވަކި ބަޔަކަށް ފްލެޓްތައް ދޫކުރުމަށް މަސައްކަތް ކުރިތޯ ބަލަން ވަކި ތަހުގީގެއް ހިންގަން ފަށާނެ ކަމަށްވެސް ބުނެފަ އެވެ.

ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އޭރުގެ ހައުސިން މިނިސްޓްރީން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިނުމަށް ނިންމުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރުން ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަން ނުވަތަ ނޫން ކަން ބެލުމަށް ވަކި ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.

އަދި، ފޯމު ފުރިއިރު ދޮގު މައުލޫމާތު ފޯމުގައި ލިޔުނު މައްސަލާގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުތަކުގެ މައްސަލައެއް ގޮތަށް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox