ސައުދީ އިންޓަނޭޝަނަލް މެރިން އެކްސްޕޯގައި ބައިވެރިވެ، މިފްކޯއިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް އިސްތިހާރުކޮށްފި އެވެ.
އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި އެކްސްޕޯގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ސަމާހު ރަޝީދުގެ އިތުރުން ބައެއް އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މިފްކޯ އިން އުފައްދާ ދިވެހި މަހުގެ އެކި އުފެއްދުންތަކުގެ މައުލޫމާތު ބައިވެރިންނަށް ކިޔައިދީފައި ވާއިރު، ބައެއް އުފެއްދުންތަކުގެ ރަހަ ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ދައްކާލައިފަ އެވެ.
ރިޔާދުގައި ކުރިޔަށްދިޔަ މި އެކްސްޕޯގައި 35 ގައުމަކުން 120 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެފައި ވާއިރު، އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ އެކްސްޕޯއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.










