ސައުދީއަރަބިއްޔާގައި އަންހެނުން ކާރު ދުއްވުން މަނާކުރުމާއި ހުއްދަކުރުން

ސައުދީ އަރަބިއްޔާގެ ރިޔާޟުގެ ޒަމާނީ މަގެއް

ސައުދީ އަރަބިއްޔާގެ ރިޔާޟުގެ ޒަމާނީ މަގެއް

ގުނަމުންދިޔައީ ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރެވެ. ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކާ ހިލާފަށް ސައުދީ އަރަބިއްޔާގައި ވަނީ އަންހެނުން ކާރު ދުއްވުން މަނާކޮށްފަ އެވެ. މިކަން ކޮށްފައި އޮންނަނީ ހަމަ އެއްވެސް ގާނޫނަކުން މަނާކޮށްގެންނެއް ވެސް ނޫނެވެ. އެހެންވެ މިކަމާ ދެކޮޅަށް އެކި ގޮތްގޮތަށް އިހުތިޖާޖުތައް ކުރެވެ އެވެ. އެ އަހަރުގެ ނޮވެމްބަރު މަހުން ދުވަހެއްގައި މިކަމާ ދެކޮޅަށް ބޭއްވުނު އެންމެ އަސަރުގަދަ އެއް ހަރަކާތަކީ ސާޅީސް ހަތް އަންހެނަކު ސަތާރަ ކާރެއްގައި އެ ގައުމުގެ ވެރިރަށް ރިޔާޒުގެ މަގުތަކުގައި ކާރު ދުއްވަން ނުކުތުމެވެ. މިކަން ކުރީ "އަންހެނުން ޑްރައިވަރުކަން ކުރުމުގެ މުޒާހަރާ" ގެ ނަމުގަ އެވެ.

މިކަން ނިމުނީ، އެ މުޒާހަރާގައި ބައިވެރިވި ކަނބަލުންތައް ހައްޔަރުކުރެވި ފުރުން މަނާކުރެވި އޭގެ ތެރެއިން ވަޒީފާގައި އުޅޭ މީހުން ވަޒީފާއިން ވެސް ވަކިކުރެވިގެންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ފިރިން، ފިރިންނެތް މީހުންގެ ބައްޕައިންވެސް ހައްޔަރުކޮށް ތަހުގީގުކުރެވުނެވެ. އެމީހުންގެ އަނބިން ކިޔަމަންތެރިކޮށްގެން ނުގެންގުޅެވުނުކަމުގެ ތުހުމަތުގަ އެވެ. ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓްރީން އަންހެނުން ކާރު ދުއްވުން މަނާކޮށް ބަޔާނެއް ނެރުނީވެސް މި މުޒާހަރާއާ ގުޅިގެންނެވެ. އެހާތަނަށް ވެސް އެކަން ހުއްޓުވަމުން އައީ ގާނޫނެއް ނެތްތާނގައި މިފަދަ ބަޔާނެއް ވެސް ނެތި އެވެ.

ކުރިންވެސް ސައުދީގައި މަނާވެފައި އޮތް މި ކަންތަކަށް މަނާކަމުގެ ސިއްކަ އެއްކޮށް ޖެހިގެން ދިޔައީ މިދެންނެވުނު މުޒާހަރާއާއެކު ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ނޮވެމްބަރުމަހުގަ ތެރޭގަ އެވެ. ދެން މިކަމުގައި ދީނީ އިލްމުވެރިން އަމަލުކުރެއްވި ގޮތަށް ބަލާލުން ވަރަށް ވެސް މުހިންމެވެ.

Advertisement

އޭރު ސައުދީ އަރަބިއްޔާގެ ފަތުވާދޭ މަޖިލީހުގެ ރައީސަކަށް ހުންނެވީ އަލްޢައްލާމާ އައްޝައިޚް އިބްނު ބާޒް ރަޙިމަހު ﷲ އެވެ. އިބްނު ބާޒަކީ ސައުދީ އަރަބިއްޔާގެ އޭރުހުރި އެންމެ ނުފޫޒުގަދަ އިލްމުވެރިޔާވެސްމެ އެވެ. އިބްނު ބާޒަކީ ލޯފަން ބޭފުޅަކަށްވުމާއެކުވެސް ވަރަށް ތަފާތު ބޭފުޅެކެވެ. ސައުދީ އަރަބިއްޔާގެ މުފްތީ އާންމުކަމުގެ މަގާމު ހުސްވެފައި އޮންނަތާ ސައުވީސް އަހަރުފަހުން، 1993 ވަނަ އަހަރު އެމަގާމަށް އިބްނު ބާޒް އައްޔަންކުރެއްވި ކުރެއްވުން ވެސް އޭނާގެ ނުފޫޒުގަދަކަމުގެ މައްޗަށް ދަލާލަތުކުރެ އެވެ. މިފަހުން ހުރިހާ އިސްލާމީ ގައުމެއްގައި، ސައުދީ އަރަބިއްޔާއިން ފެތުރި ފުޅާވަމުންދާ އިސްލާމީ ފިޤުހުގެ ސަލަފީ ސްކޫލުގެ އެއް ބާނީ އަކީ ވެސް އިބްނު ބާޒްކަމުގައި ދެންނެވިދާނެ އެވެ.

އިބްނު ބާޒްގެ ރަސްމީ ފަތުވާ ބުނާގޮތުން، އަންހެނުން ޑްރައިވަރުންގެ ގޮތުގައި ކާރުދުއްވުމަކީ، ދީނީ ގޮތުން ހަރާންކަމެކެވެ. ދަލީލަކަށް ބަޔާންކުރައްވަނީ އިސްލާމީ ފިޤުހުގައި އޮންނަ 'ސައްދުއްޒަރާއިޢު' ގެ އުސޫލެވެ. މިއީ ވަކި ކަމެއް ކުރުމުން އެކަމުގެ ނަތީޖާއިން ފަސާދަތަކެއް ނުކުންނަނަމަ، އެކަމެއް ހަރާންވުމުގެ އުސޫލެވެ. އެފަތުވާގައި ބުނާ ގޮތުން އަންހެނުން ކާރު ދުއްވުމުން، ހިލޭ ފިރިހެނުންނާއި އަންހެނުން މަސްހުނިވުމާއި ބުރުގާ ނޭޅުމާއި މަހުރަމަކާ ނުލައި ދަތުރުކުރުމާއި، މިނޫންވެސް ނުބައި ކަންކަމަށް މަގުފަހިވެގެންދެ އެވެ.

އިބްނު ބާޒްގެ މި ފަތުވާއަކީ އެއްގޮތަކަށް ވެސް ސައުދީ ސަރުކާރު ދިފާއުކުރަން ނެރުނު ފަތުވާއެއް ނޫނެވެ. އިބްނު ބާޒްގެ ވިސްނުންފުޅު އެހެން ފަތުވާތަކުގައި ގެންގުޅުއްވާފައި ހުރި ގޮތް އެނގޭ ކޮންމެ މީހަކަށް، މިހާލަތު މެދުވެރިވެއްޖެކަމުގައި ބުނެ، އެ ވަގުތު ފަތުވާއަކަށް އަހައިފިނަމަ ނުކުންނާނީ މި ޖަވާބުކަން އެނގޭނެ އެވެ. މި ފަތުވާއަކީ އިބްނު ބާޒް އެހެން ކަންކަމުގައި ގެންގުޅުއްވި ވިސްނުންފުޅުތަކާ ހަމަ ރަނގަޅަށް ދިމާވާ ފަތުވާއެކެވެ. އިބްނު ބާޒް ދެކެވަޑައިގަންނަވާ ގޮތުގައި، އަންހެނުން މަހުރަމަކާ ނުލައި ދަތުރުކުރުމަކީ ވެސް ހަރާން ކަމެކެވެ. އެއީ ކިތަންމެ އަމާންކަން ލިބިގެންވާ މާހައުލެއް އޮތަސްމެ އެވެ. އިބްނު ބާޒް ދީނީ ގޮތުން ހަރާންކަމުގައި ދެކެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ފަލަކީ ހިސާބަށް ހަނދު ސާބިތުކުރުމާއި، އަންހެނުންނާއި ފިރިހެނުން އެއްތާކަށް އެއްވުމާއި މިބާވަތުގެ ކިތަންމެ ކަމެއް ހިމެނެ އެވެ. އެހެންވީމާ މިއުސޫލުން ބަލާއިރު އިބްނު ބާޒްގެ ހަވާލާދެވޭ ފަތުވާއަކީވެސް ހަމަ އިބްނު ބާޒްގެ މަޒުހަބާ ރަނގަޅަށް ދިމާވާ ފަތުވާއެކެވެ.

ސައުދީ ސަރުކާރުން އަންހެނުން ކާރު ދުއްވުން މަނާކޮށް، އަދި އެކަމަކީ ދީނީ ގޮތުން ވެސް ހަރާންކަމެއްކަމުގައި ހައްދަވައިގެން އުޅުއްވާ އުޅުއްވުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއް އިލްމުވެރިޔަކީ، މިފަހު ޒަމާނުގެ މުޖައްދިދު ޑރ ޔޫސުފުލް ޤަރަޟާވީ އެވެ. އޭނާ އެތައް ފަހަރަކު ސައުދީ ސަރުކާރަށް މިކަމަށްޓަކައި ފާޑުވިދާޅުވެފައިވެ އެވެ. 2011 ވަނަ އަހަރު ސައުދީގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒަށް އަމާޒުކުރައްވާ އާންމު ތަނެއްގައި، ހަރާންވާނީ ﷲ ތައާލާ ސާފުކޮށް ހަރާންކުރައްވާފައިވާ ކަންކަންކަމަށާއި، އަންހެނުން ކާރުދުއްވުން މަނާކުރާ ދަލީލެއް ނެތްކަމަށް ވިދާޅުވެ އަންހެނުން ކާރުދުއްވުމަށް އެކަނބަލުންނަށް ހުއްދަދިނުމަށް ޑރ ޤަރަޟާވީ ގޮވާލެއްވި އެވެ.

މިހާ ފާޅުކަން ބޮޑުގޮތުގައި ޤަރަޟާވީ މިގޮތަށް ވިދާޅުވުމުން ސައުދީ އަރަބިއްޔާގެ އިލްމުވެރިން، މިަކަމާ ވަރަށް ކޯފާވި އެވެ. މަޝްހޫރު އިލްމުވެރިޔާ އައްޝައިޚް ޞާލިޙުލްފައުޒާންއާއި އައްޝައިޚް ޢަބްދުއްރަޙްމާން ބުނުލްބަރާކް ފަދަ ބޭފުޅުން، ވަރަށް ހަރުކަށިކޮށް ޤަރަޟާވީއަށް ރައްދުދެއްވި އެވެ. އަދި އެބޭފުޅުން ޤަރަޟާވީގެ މި އަމަލުފުޅު ސިފަކުރެއްވީ ސައުދީ ސަރުކާރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުންކަމަށާއި، ސައުދީގެ ދެ ހަރަންފުޅުގެ އިލްމުވެރިންގެ އިޖުމާއުގެ މައްޗަށް އަރައިގަތުންކަމަށެވެ. ހެއްވާކަމަކީ، މިކަމުގައި އުންމަތަށްވުރެ ގައުމިއްޔަތުވެސް އިސްވެގެންދިޔަކަމެވެ. 

26 ސެޕްޓެމްބަރު 2017 ވަނަ ދުވަހު ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ވަރަށް ތާރީހީ ރަސްކަމުގެ އަމުރުފުޅެއް ނެރުއްވި އެވެ. މިއަމުރުފުޅުން އަންހެނުން ކާރުދުއްވުން ހުއްދަކުރެއްވި އެވެ. އެކަމަކު އެހާތަނަށް ސައުދީ އަރަބިއްޔާގެ ދެ ހަރަންފުޅުގެ އިލްމުވެރިންގެ އިޖުމާއުން ދީނީ ގޮތުން ވެސް އެކަން އޮތީ ހަރާންކަމެއްގެ ގޮތުގަ އެވެ. ދެން އެޔާ ވިދިގެން ސައުދީ އަރަބިއްޔާގެ ބޮޑެތި އިލްމުވެރިންގެ މަޖިލީހުގެ ފަތުވާއެއް ނެރެވުނެވެ. އެމަޖިލީހުގެ އަގުލަބިއްޔަތުން ކުރިން އެކަމުގައި އޮތް ދީނީ ވިސްނުން މުރާޖައާކުރެވިއްޖެކަމަށާއި، އިސްލާމްދީނުގައި ކަންކަމުގައި އަސްލަކީ ހުއްދަވުންކަމަށް ބަޔާންކުރައްވައި، އަންހެނުން ކާރު ދުއްވުމަކީ ހުއްދަކަމެއްކަމަށް ބަޔާންކުރައްވާފައިވެ އެވެ.

މިއީ އެންމެ މިސާލެކެވެ. ފިގުހީ ވަރަށް ގިނަ ކަންކަމުގެ ހުކުމް ބަޔާންކުރެއްވުމުގައި، ސައުދީގެ ސަލަފީ ސްކޫލްގެ ފިގުހާއި އެހެން ބޮޑެތި އިލްމުވެރިންގެ ވިސްނުމާއި ތަފާތުތަކެއް އެބަހުއްޓެވެ. މިދެންނެވި އެހެން ބޮޑެތި އިލްމުވެރިންގެ ތެރޭގައި ސައުދީގެ އިލްމުވެރިންވެސް ހިމެނެއެވެ. ހުރީ މިބާވަތުގެ "އިބުރަތްތެރި" އަދި "އަޖައިބުކުރުވަނިވި" ތަފާތުތަކެވެ. ނަމަވެސް އިސްލާމީ ދުނިޔެއަށް ފެތުރި މަޝްހޫރުވެފައިވަނީ ސަލަފީ ސްކޫލްގެ ވިސްނުމެވެ. މިކަމާ ހުރެ ދިވެހިންގެ ތެރޭގައި ވެސް އުފެދެން ނުޖެހޭ އެތައް އަރާރުމަކާއި ދެބަސްވުމެއް ހިނގަމުންދެ އެވެ.

މިވާހަކަތައް މި ހިއްސާކޮށްލީ ހަރުދަނާ އަސާސްތަކެއް ނެތް ފިގުހީ ސްކޫލްތަކާއި، އިސްލާމީ ފިކުރުގެ ހަރުދަނާ މުޑިތަކެއްގެ މައްޗަށް ބިނާކުރެވިފައި ހުންނަ ފިޤުހީ ސްކޫލްތަކުގެ ތަފާތު ވިސްނައިދިނުމަށްޓަކަ އެވެ. އަހުރެން އެދެނީ އިސްލާހުކުރުމާއި އިސްލާހުވުންކަމާއި އެނޫން އެހެން ނިޔަތެއް ނެތްކަން މާތް ﷲ ދެނެވޮޑިގެންވާނެ އެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox