ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް އަރާ

ފުލުހުންގެ އިދާރާއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ އިދާރާއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ޕޮލިސް މީޑިއާ

ސްކޭމްތަކުގެ މައްސަލަތައް ރިކޯޑު ކުރަން ފެށީއްސުރެ މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުރު ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅޭ ކަމަށާއި ސްކޭމްތައް މަދު ކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"2021 އިން ފެށިގެން އަޅުގަނޑުމެން ރިކޯޑު ބަލަހައްޓަން ފެށިއިރުގައި މިހައިތަނަށް އަޅުގަނޑުމެންނަށް ހުށަހެޅިފައި އެބައޮތް 28،003 މައްސަލައެއް، 28،003 ސްކޭމްގެ އެކި ބާވަތުގެ މައްސަލަތައް ހުށަހެޅިފައިވާއިރު އޭގެ ޖުމުލަ ގެއްލުން 57.8 މިލިއަން ވަރު އެބައުޅޭ، އެއީ ހަމައެކަނި ދިވެހި ފައިސާއިން އަދި ޑޮލަރު ވެސް އެބަހުރި، 64 ލައްކަ ޑޮލަރު ގެއްލިފައި ޖުމުލަ ޓޯޓަލް އަދަދު،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

Advertisement

ސްކޭމްތަކުގައި ގެއްލުނު ކަމަށް ފުލުހުންގެ އިދާރާގައި ރިކޯޑު ކުރެވިފައިވާ ޖުމުލަ 156 މިލިއަން ރުފިޔާގެ ތެރެއިން އަނބުރާ ހޯދުނީ އެއް މިލިއަން ރުފިޔާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ސްކޭމްތަކުގެ ގޮތުގައި އާންމުކޮށް ހުށަހެޅޭ މައްސަލަތައް ވެސް މިއަދުގެ ބައްދަލުވުމުގައި ރަޝީދު ކިޔައިދެއްވި އެވެ. އޭގެތެރޭގައި ހިމެނެނީ:

  • ތެރޭގައި ފޯނު ކޯލު މެދުވެރިކޮށް ފުލެޓެއް ލިބިގެން ނުވަތަ ކޮންމެވެސް ބިމެއް ލިބިގެން ކަމަށް ބުނެ ހިންގާ ސްކޭމްތައް
  • ފޯނަށް ފޮނުވާ ލިންކެއް ބޭނުންކޮށްގެން މީހާގެ ޕާސަނަލް އިނފޮމޭޝަން ނޫނީ ޕާސަނަލް އެކައުންޓުތަކުގެ އިންފޮމޭޝަންތައް ނަގައިގެން ހެކުކޮށްގެން ކުރާ ސްކޭމްތައް
  • ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ ނޫނީ އިނާމެއް ލިބިގެންކަމަށް ބުނެ މެސެޖު ފޮނުވައިގެން ހިންގާ ސްކޭމްތައް
  • ރިލޯޑު އަދި ރާސްޓަސް މެދުވެރިކޮށް ހިންގާ ސްކޭމްތައް
  • ނުދަންނަ ނަންބަރަކުން ގުޅައި އާއިލީ ދަންނަ މީހަކަށް ނޫނީ ރައްޓެއްސަކަށް ހެދިގެން ބޭންކު އެކައުންޓަށް ފައިސާ ޖަމާކޮށްދޭން ބުނެ ހިންގާ ސްކޭމްތައް
  • ސޯޝަލްމީޑިއާގެ އެކިއެކި ޕްޓުފޯމުތަކުގައި ޑޮލަރު ވިއްކަމުންދާ ކަމަށްބުނެ ހިންގަމުންދާ ސްކޭމްތައް
  • ސޯޝަލްމީޑިއާ ޕްލެޓުފޯމުތަކުގައި ބަދުއަހުލާގީ އަމަލުތައް ހިންގުމަށް ނުވަތަ ހަށިވިއްކުމުގެ އަމަލުތައް ޕްރޮމޯޓު ކުރަން ނުވަތަ އެކަމާ ގުޅުވައިގެން ހިންގޭ ސްކޭމްތައް
  • ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ނޫނީ އެހެންގޮތަކުން ވެސް އެކި ބާވަތްބާވަތުގެ މުދާ ވިއްކައިގެން ހިންގާ ސްކޭމްތައް
  • ސްކޭން އެންޑު ޕޭ ބޭނުންކޮށްގެންނާއި އޯޓީޕީ ހޯދައިގެން ހިންގޭ ސްކޭމްތައް
  • އީސިމް ބަދަލުކޮށްގެން ހިންގާ ސްކޭމްތައް
  • އެއިރަކު މުޖުތަމައުގައި އެންމެ ހިނގާ ކަންކަން، މިސާލަކަށް ފަލަސްތީނު ފަންޑަށް އެހީވުމަށް ކަމަށްބުނެ ހިންގާ ސްކޭމްތައް

ރަޝީދު ވިދާޅުވީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން މަދު ކުރުމުގެ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގުރާމުތައް ގުޅުންހުރި އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރަޝީދު ވިދާޅުވި އެވެ. ނަމަވެސް ސްކޭމް ކުރާ މީހުން އެކަން ކުރަނީ އެއް ދޮރު ބަންދުކޮށްފިއްޔާ އިތުރު ގޮތެއް ހޯދައިގެން ކަމަށް ވާތީ އުނދަގޫތަކެއް ހުންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ސްކޭމް ހިންގައިގެން ކުރާ ކުށްތަކުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން ރަޝީދު ވިދާޅުވީ 2022 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ހުށަހެޅުނު ސްކޭމްގެ މައްސަލަތައް މަދު ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު 1087 މައްސަލަ ކަމަށާއި މިދިޔަ އަހަރު ރިކޯޑު ކުރެވިފައި ވަނީ 971 މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގެއްލުންވި ފައިސާގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު ގެއްލުނު ފައިސާގެ އަދަދު އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު އިތުރުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސަބަބެއްގެ ގޮތުގައި ރަޝީދު ފާހަގަ ކުރެއްވީ 2023 ވަނަ އަހަރު ކުރީކޮޅު ބޭންކު އެކައުންޓުތައް ހެކުކޮށްގެން މީހުންގެ އެކައުންޓުތައް ސްކޭމަރުންގެ ބާރުގެ ދަށަށް ގެންގޮސްގެން ހިންގާފައިވާ ވައްކަންތައް ގިނަ ކަމެވެ.

ސްކޭމްތަކުގެ ކުށްތައް ތަހުގީގު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ވެސް ރަޝީދު ފާހަގަ ކުރެއްވި އެވެ. އެ ގޮންޖެހުންތަކުން އަރައިގަނެ ކުށްމަދު ކުރުމަށް މިދިޔަ އަހަރުން ފެށިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox