ސިޔާސީ ތޫފާނުގައި އަންނަ ރޯޅީގައި މިނިސްޓްރީ ބަލިކޮށް ނުލެވޭނެ: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: މިނިސްޓަރަށް ރުހުން ނެތް ކަމަށް މަޖިލީހުން ނިންމުމުން ރައީސް އަލުން އެ މަގާމަށް ޝަހީމު އައްޔަން ކުރުމުން މިނިސްޓްރީގެ މުވައްޒަފުން މިއަދު މިނިސްޓަރަށް މަރުހަބާ ދަންނަވާފައިވޭ -- ފޮޓޯ: މިރާޝް / އަދަދު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: މިނިސްޓަރަށް ރުހުން ނެތް ކަމަށް މަޖިލީހުން ނިންމުމުން ރައީސް އަލުން އެ މަގާމަށް ޝަހީމު އައްޔަން ކުރުމުން މިނިސްޓްރީގެ މުވައްޒަފުން މިއަދު މިނިސްޓަރަށް މަރުހަބާ ދަންނަވާފައިވޭ -- ފޮޓޯ: މިރާޝް / އަދަދު

ސިޔާސީ ތޫފާނުގައި އަންނަ ރޯޅީގައި އިސްލާމިކް މިނިސްޓްރީ ބަލިކޮށް ނުލެވޭނެ ކަމަށް އަލުން މިނިސްޓަރު ކަމަށް އައްޔަން ކުރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން، އަލުން އެ މަގާމަށް ޝަހީމު އައްޔަން ކުރުމުން މަރުހަބާ ދެންނެވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، އެ މިނިސްޓްރީއަކީ އިސްލާމްދީނާއި ދިވެހި ގައުމުގެ ހިދުމަތުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މިނިސްޓްރީއެއް ކަމަށެވެ.

"ސިޔާސީ މާހައުލުގައި އުޅޭއިރު މިކަހަލަ ކަންކަމާ ދިމާވާނެ، އެކަމުގައި ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް، ހަގީގީ އިތުބާރަކީ މުޅިން ތަފާތު އިތުބާރެއް، އެއީ ރައްޔިތުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސޯޝަލް މީޑީޔާގައި އާންމުން ބަންޑުން ކުރަމުން ދިޔަ ޝުއޫރުތަކުން އޭނާއަށް ހިތްވަރު ލިބިގެން ދިޔަ ކަމަށެވެ. އަދި، ރުހުން ނެތް ކަމުގެ ވޯޓު ނެގުނު ގަޑިއަކީ މިނިސްޓްރީގެ އެކްޝަން ޕްލޭން އިފްތިތާހުކުރި ވަގުތާ އިއްތިފާގު ވުމުން އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީގެ މުވައްޒަފުން ވޭތުވެދިޔަ ދެ މަސް ދުވަހު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔައީ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އިއްޔެ އެކަމުގެ ޕްލޭން އިފްތިތާހު ކުރި ވަގުތު އެއީ އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރި ވަގުތު،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމަށް ރުހުން ނެތް ކަމަށް މަޖިލީހުން ނިންމުމުން، އެއީ އިސްލާމް ދީން ބަލިކަށި ކޮށްލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކަމެއްގެ ގޮތުގައި ސިފަކޮށް އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެމްބަރަކު ވޯޓު ދިނެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 30 މެމްބަރުންނެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ވޯޓު ދިން އަށް މެމްބަރަކު ތިއްބެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox