ބީއެޗްއެމްއިން މެލޭޝިއާގެ އޯލްޑް ޓައުން ވައިޓް ކޮފީ ތައާރަފުކޮށްފި

އޯލްޑު ޓައުން ވައިޓު ކޮފީގެ ޕެކެޓުތަކެއް މިއަދު ހުޅުވި އެފްއެންބީ ޝޯގައި ދައްކާލަން ބަހައްޓާފައި. -- ފޮޓޯ: އަދަދު

އޯލްޑު ޓައުން ވައިޓު ކޮފީގެ ޕެކެޓުތަކެއް މިއަދު ހުޅުވި އެފްއެންބީ ޝޯގައި ދައްކާލަން ބަހައްޓާފައި. -- ފޮޓޯ: އަދަދު

މެލޭޝިއާގެ މަޝްހޫރު އުފެއްދުމެއް ކަމުގައިވާ އޯލްޑު ޓައުން ވައިޓު ކޮފީ، ބީއެޗްއެމްއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

މި ކޮފީ ތައާރަފު ކުރީ މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖް ޝޯގަ އެވެ.

ބީއެޗްއެމްއިން މި ބްރޭންޑުގެ ހަ ވައްތަރެއްގެ ތްރީ އިން ވަން ކޮފީ ޕެކެޓު ވިއްކަ އެވެ. އެއީ ގިނަ ބަޔަކަށް ކަމުދާ އަދި އޯލްޑް ޓައުންގެ އެންމެ ފުރަތަމަ އެއް އުފެއްދުން ކަމުގައިވާ ހެޒްލްނަޓް ވައިޓް ކޮފީގެ އިތުރުން، ކޭން ޝުގާ ވައިޓް ކޮފީ، ކްލެސިކް ވައިޓް ކޮފީ، ލެސް ޝުގާ ވައިޓް ކޮފީ، އެކްސްޓްރާ ރިޗް ވައިޓް ކޮފީ އަދި ކޮފީ އެންޑް ކްރީމާ ކޮފީ އެވެ.

އޯލްޑް ޓައުން ވައިޓު ކޮފީ އަސްލު

ވައިޓް ކޮފީގެ ތާރީހާއި އޭގެ އަސްލު ފެށެނީ 1800 ގެ އަހަރުތަކާ ހަމައިންނެވެ. މެލޭޝިއާގެ ޕެރަކް ސްޓޭޓުގައި ބިމު އަޑިން މައުދަން ނެގުމުގެ ވިޔަފާރި ފުޅާވިއިރު، އެ ސްޓޭޓުގެ އީޕޯގެ މުސްކުޅި ސިޓީގައި ހައިނާނީން ވަޒަންވެރިވި އެވެ. އެ ހިޖުރަވެރިން، ހުޅަނގުގެ ކޮފީ ރަހަތަކަށް ދިޔުމުގެ ބަދަލުގައި އަމިއްލަވަންތަ ކޮފީގެ އުފެއްދުމެއް ތައްޔާރު ކުރަން ފެށި އެވެ. ކޮފީ ބީން ދެވުމުގެ އުކުޅުތައް ބަދަލުކުރަމުން، ހޯދަމުން ދިޔަ އެ ތަޖުރިބާގެ ނަތީޖާއަކީ މިހާރު މި ބޭނުންކުރާ ވައިޓް ކޮފީ އެވެ.

އެ ކޮފީއަކީ، މިހާރު މެލޭޝިއާ އަދި ބައެއް އެހެން ގައުމުތަކުގައި މަގުބޫލު، އޯލްޑް ޓައުން ވައިޓު ކޮފީގެ އަސްލެވެ. އޯލްޑު ޓައުންގެ ރެސިޕީގައި ހުންނަ އަޖައިބެއް ފަދަ ރަހަ ނެރެފައި ވަނީ ތިން ކޮފީ ބީނެއް އޮއްކޮށްގެންނެވެ. އެއީ އަރަބިކާ، ރޮބަސްޓާ އަދި ލައިބެރިކާ ބީން އެވެ.

މި ކޮފީ ރޯސްޓުކުރުމުގައި އީޖާދުކުރި މިންގަނޑުތަކާއެކު އާދަޔާ ހިލާފު މީރު ރަހައެއް އުފެއްދި އެވެ. ގިނަ ބަޔަކަށް އެ ރަހަ ވަނީ މިއަދު ކަމު ގޮސްފަ އެެވެ. އަދި މިހާތަނަށް ވެސް ރަހައަށް ބަދަލެއް ނާދެ އެވެ. މި ބްރޭންޑުގެ ޕެކެޓެއްގައި ހިމެނެނީ ކުދި 15 ޕެކެޓެވެ.

މި ކޮފީގެ ތަފާތު ރަހަތައް ތަޖުރިބާކޮށްލަން ފުޑް އެންޑް ބެވަރޭޖް ޝޯއަށް ޒިޔާރަތްކޮށްލާށެވެ. އަދި ބީއެވްއެމްގެ އޮންލައިން ސްޓޯރުން ވެސް މި ކޮފީ ގަނެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox