މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު އާދީއްތަ ދުވަހު އިއުލާނު ކުރަނީ

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު އާދީއްތަ ދުވަހު އިއުލާނު ކުރަނީ

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ އާދީއްތަ ދުވަހު އިއުލާނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހާ ވާހަކަ ދައްކަމުން އީސީގެ ނައިބު ރައީސް، ހަބީބު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ކޮމިޝަނުގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ފާސްކުރާ ތާރީހެއް ހަމަ އެދުވަހު އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކޮމިޝަނުން މިދަނީ ދިރާސާ ކުރަމުން. ހުރި ގޮންޖެހުންތައް. އެހެންވީމަ އެ ގޮންޖެހުންތަކަށް ކޮމިޝަނުން އާދީއްތަ ދުވަހު ނިންމާފަ ހަމަ އެދުވަހު އިއުލާނު ކުރާނެ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބު ބޭއްްވުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާތައް މިހާރުވެސް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އެގޮތުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކުވެސް ކޮމިޝަނުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަންޖެހޭ ކަމަށް ގާނޫގައި ބުނެފައިވާ މުއްދަތާއި މި އަހަރުގެ ރޯދަމަހާ ދިމާވާތީ އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހިއްސާކޮށް އިންތިހާބު ތާރީހަށް ބަދަލުތަކެއް ގެންނަން އީސީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހެޅި އެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު ބާއްވާނަމަ މި ހިނގާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބުގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ޖެހެ އެވެ. ގާނޫނުގައި ބުނާ 30 ދުވަސް ހަމަވާ ތާރީހަކީ އޭޕްރިލް 28، އެވެ. މި ފެށޭ އަހަރުގެ ރޯދަ މަސް ނިމޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ދުވަހަކީ އޭޕްރިލް 9، ނުވަތަ އޭޕްރިލް 10، އެކެވެ.

އެހެންކަމުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެ ވަނަ ބުރުގެ ކުރިން ކެމްޕޭނު ކުރުމަށާއި އެހެނިހެން ހުރިހާ ކަމަކަށް ދޭންޖެހޭ 15 ދުވަހުގެ މުއްދަތު ދިނުމަށްފަހު ގާނޫނުގައި ބުނާ 30 ދުވަހުގެ ކުރިން އިންތިހާބު ހުރިހާ މަސައްކަތެއް ނިންމުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މަޝްވަރާކޮށް ފާސްކުރީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox