އިޒްރޭލަށް ޖާސޫސު ކޮށްދިން 33 މީހަކު ތުރުކީން ހައްޔަރުކޮށްފި

އިޒްރޭލަށް ޖާސޫސު ކޮށްދިން 33 މީހަކު ތުރުކީން ހައްޔަރުކޮށްފި

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެފައިވާ އިޒްރޭލަށް ޖާސޫސުކޮށްދިން 33 މީހަކު ތުރުކީން ހައްޔަރު ކޮށްފި އެވެ.

އެމީހުން ހައްޔަރު ކޮށްފައި ވަނީ އިސްތަންބޫލުގެ އިތުރުން ހަތް ޕްރޮވިންސެއްގައި ތުރުކީގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގަ އެވެ. އެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ތުރުކީގައި ދިރިއުޅޭ ބޭރުގެ އެކި ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ރަހީނު ކުރުމާއި އެމީހުންނަށް ހަމަލާ ދިނުމަށް ރާވާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށް ތުރުކީގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސް އިދާރާތަކުން ރިޕޯޓު ކުރެ އެވެ.

ނަމަވެސް މޮސާޑްއަށް ޖާސޫސު ކޮށްދޭ މީހުން ފާރަލަމުން ދިޔައީ ކޮން ބަޔަކަށް ކަމެއް ތުރުކީން ހާމަކޮށްފައެއް ނުވެ އެވެ.

ތުރުކީގައި ދިރިއުޅޭ އެހެން ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކަށް ހަމަލާދިނުމަށް އިޒްރޭލު އަޑީގައި އޮވެ ރާވަމުންދާ ކަމަށް ތުރުކީން ބުނެފައި މިވަނީ ލުބުނާނާއި ގަތަރުގެ އިތުރުން ތުރުކީ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ ހަމާސްގެ އޮފިޝަލުންނަށް ހަމަލާދީ ހަމާސްގެ ވަސް ފުހެލާނެ ކަމަށް ބުނެ އިޒްރޭލުގެ ސެކިއުރިޓީ އިދާރާ، ޝިން ބެތުން އިންޒާރު ދީފައި ވަނިކޮށެވެ.

އެގައުމުން ދަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްއާ ގުޅުން އޮންނަ އިތުރު 13 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ތުރުކީގެ ނޫސް އިދާރާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ތުރުކީގެ ބޯޑަރު ތެރޭގައި ހަމާސްގެ އެއްވެސް މީހަކަށް ހަމަލާ ނުދެވޭނެ ކަމަށް ތުރުކީން މީގެ ކުރިން ބުނެފައިވެ އެވެ.

ޒަމާންތަކަކަށް ފަހު އިޒްރޭލާއި ތުރުކީގެ ގުޅުން ރަނގަޅު ވާން ފެށީ 2022 ވަނަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތުރުކީއާއި އިޒްރޭލުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.

ތުރުކީއަކި ފަލަސްތީނު ހަނގުރާމަ ފެށުނީއްސުރެއް ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާއްމުތަކާ ދެކޮޅަށް އެންމެ ވަރުގަދައަށް ވާހަކަތައް ދައްކަމުން އަންނަ އެއް ގައުމެވެ. އެ ކަންތައްތަކުގެ ސަބަބުން ތުރުކީގައި ތިބި އިޒްރޭލުގެ ހާރިޖީ މުވައްޒަފުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އަނބުރާ އިޒްރޭލަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox