ފަހު ވަގުތު ޖެހި ގޯލުން މޮޅުވެ ރެއާލުން އަހަރު ނިންމާލީ ލީގުގެ އެއް ވަނައިގައި

Dec 22, 2023, 6:38 AM
ފަހު ވަގުތު ޖެހި ގޯލުން މޮޅުވެ ރެއާލުން އަހަރު ނިންމާލީ ލީގުގެ އެއް ވަނައިގައި

މެޑްރިޑް (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ފަހު ވަގުތު ޖެހި ގޯލުން ރެއާލް މެޑްރިޑުން 1-0 އިން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާ އަހަރަށް ސްޕެނިޝް ލީގު ބްރޭކަށް ދިއުމުގެ ކުރިން ކުޅުނު ފަހު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރެއާލް އެއް ވަނަ އަށް ޖެހިލީ ކުރިން އެ މަގާމުގައި އޮތް ޖިރޯނާ އަށް ރޭ ކުޅުނު މެޗުން މޮޅުނުވެވުމުންނެވެ. ރެއާލް ބެޓިސް ދަނޑުގައި ރޭ ޖިރޯނާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ޖިރޯނާ އަށް 18 މެޗުން ވަނީ 45 ޕޮއިންޓް ލިބިފަ އެވެ. ރެއާލް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ އަލަވޭސްގެ ޑިފެންސްލައިން ބެލެހެއްޓުމުގައި އެ ޓީމުގެ ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ މި މެޗުގައި ރެއާލަށް މައްސަލަ ދިމާވީ އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ދެ ވަނަ ހާފްގެ ބޮޑު ބައި ކުޅެން ޖެހުމުންނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ރެއާލްގެ ނަޗޯ އަށް ސީދާ ރަތް ކާޑެއް ދެއްކީ އަަލަވޭސްގެ ސާމޫ އޮމޮރޮއްދީނަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރެއާލުން ކާމިޔާބުކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ. ޓޯނީ ކްރޫސް ނަަގައިދިން ކޯނަރަކުން ރެއާލަށް މި ލަނޑު ޖަހައިިދިނީ ލޫކަސް ވަޒްކޭޒް އެވެ.

ރޭ ޖިރޯނާ އިން ވަނީ އާޓެމް ޑޮވްބީކްގެ ޕެނަލްޓީން ލީޑުނަގައިފަ އެވެ. ބެޓިސް އަށް އެއްވަރުކޮށްދިނީ ޖާމެން ޕެޒެލާ އެވެ.

ސްޕެނިޝް ލީގުގެ މެޗުތައް ދެން އޮންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox