ފުށިދިއްގަރުފަޅު މަޝްރޫއުގެ މައްސަލައެއް އޭސީސީއިން ބަލަން ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުށިދިއްގަރުފަޅު މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ : ފުށިދިއްގަރުފަޅު މަޝްރޫއުގެ މައްސަލައެއް އޭސީސީއިން ބަލަން ފަށައިފި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުށިދިއްގަރުފަޅު މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ : ފުށިދިއްގަރުފަޅު މަޝްރޫއުގެ މައްސަލައެއް އޭސީސީއިން ބަލަން ފަށައިފި - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅުގެ މަޝްރޫއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ނިޝާން މުހައްމަދު ދީދީ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މަޝްރޫއާ ގުޅޭ މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލާ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ވަކި ފަރާތެއް ނޭނގޭ ގޮތަށް [އެނޮނިމަސްކޮށް] ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބެލުމުގެ ފުރަތަމަ މަރުހަލާ މިހާރު ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވައިފަ އެވެ. މަޝްރޫއު ކުރިއަށްގެންދަން ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެ މަޝްރޫއުއިން ތިމާވެއްޓަށް ލިބޭ ގެއްލުން ދަނެގަތުމަށް އެކުލަވާލި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ރިޕޯޓުން އެނގޭ ގޮތުގައި މިއަދު ހިއްކަން ފެށީ 29 ހެކްޓަރެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 އިންސައްތަ އެވެ.

އެ މަޝްރޫއުއިން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް އެކުލަވާލި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ރިޕޯޓުން އެނގޭ ގޮތުގައި މިއަދު ހިއްކަން ފެށީ 29 ހެކްޓަރެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 އިންސައްތަ އެވެ.

މަޝްރޫއުގެ ބާކީ 97.1 އިންސައްތަ ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. އެ ފިޔަވަހިތަކަށް ވަކިން އީއައިއޭ ހަދާއިރު މިއަދު ފެށި މަޝްރޫއު ނުހުއްޓައި ގޮސް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭ އެރަށް ހިއްކައި ނިންމާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ނަމަވެސް، މި މަޝްރޫއާ ގުޅޭ ގިނަ މައުލޫމާތުތައް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި، މި މަޝްރޫއު ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްފައިވަނީ އިއުލާނުކުރުމެއް، ބިޑުކުރުމެއް ނެތި އެވެ.

އޭގެ އިތުރުން މަޝްރޫއަށް ހަރަދުވާނެ ކަމަށް ލަފާކުރާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޯދާނެ ގޮތެއް އަދި ފައިސާ ލިބޭނެ ގޮތުގެ ތަފުސީލެއް ވެސް ސަރުކާރުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox