ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއު ފެށުން

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފައްޓަވައިދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފައްޓަވައިދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ ފުރަތަމަ ސްޓޭޖުގެ 29 ހެކްޓަރު ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފަށްޓަވައިދެއްވައި އެ މަޝްރޫއުގެ ބައެއް މައުލޫމާތުތައް ހާމަކުރައްވައިފި އެވެ.

މާލެއާ ދިހަ މޭލު (16 ކިލޯމީޓަރު) ދިރުގައި އޮތް ފުށިދިއްގަރުފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. "ރަސްމާލެ" ތަރައްގީކުރަން އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާނުކުރެއްވި އެވެ. މަޝްރޫއު ކުރިއަށްގެންދަން ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެ މަޝްރޫއުއިން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް އެކުލަވާލި އެންޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ރިޕޯޓުން އެނގޭ ގޮތުގައި މިއަދު ހިއްކަން ފެށީ 29 ހެކްޓަރެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 ޕަސެންޓެވެ.

މަޝްރޫއުގެ ބާކީ 97.1 އިންސައްތަ ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. އެ ފިޔަވަހިތަކަށް ވަކިން އީއައިއޭ ހަދާއިރު މިއަދު ފެށި މަޝްރޫއު ނުހުއްޓައި ގޮސް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭ އެރަށް ހިއްކައި ނިންމާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑު ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގަ އެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށް ވާއިރު މަޝްރޫއުގެ އަގެއް ސަރުކާރުން އަދި އާބަންކޯއިން ވެސް ހާމަނުކުރެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރާއްޖޭގައި މިހާރުވެސް ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏެވެ.

ރައީސް މުއިއްޒު އިއްޔެ ހާމަކުރެއްވި ގޮތުގައި މި ރަށަށް ދީފައިވާ ނަމަކީ "ރަސްމާލެ" އެވެ. އަދި މިއީ ޒީރޯ ކާބަން ސިޓީއަކަށް ވާނެ ކަމަށް އެމަނިކުފާނު އިއުލާނުކުރެއްވި އެވެ. އޭގެ އިތުރުން މި ރަށް ތަރައްގީ ކުރާނީ ބައިނަލްއަގްވާމީ މިންގަނޑުން ރައްކާތެރި ރަށެއްގެ ގޮތުގައި ކަމަށާއި އުސްމިނުގައި ތިން މީޓަރާއި ދެ މީޓަރު ހުންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ ގޮތުންނާއި މަޝްރޫއުއާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއިން ވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ކުރީ ސަރުކާރުން ހިއްކާފައި ހުރި ފަޅުތައް ތަރައްގީކުރުމުގެ ބަދަލުގައި މި ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން މުޅިން އާ މަޝްރޫއެއް ފަށަން އުޅޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަންވެސް ބަޖެޓުން ވަނީ އުނިކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަން ގެނެސްފައިވާ ކޮންނަ ބޯޓު: އެ މަޝްރޫއުގެ މަސައްކަތް އިއްޔެ ފެށިއިރު، މަޝްރޫއުގެ މުހިއްމު މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރޭ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަން ގެނެސްފައިވާ ކޮންނަ ބޯޓު: އެ މަޝްރޫއުގެ މަސައްކަތް އިއްޔެ ފެށިއިރު، މަޝްރޫއުގެ މުހިއްމު މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރޭ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަން ގެނެސްފައިވާ ކޮންނަ ބޯޓު: އެ މަޝްރޫއުގެ މަސައްކަތް އިއްޔެ ފެށިއިރު، މަޝްރޫއުގެ މުހިއްމު މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރޭ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox