10 އަހަރަށް ފަހު ރޯހިތު މުމްބާއީ އިންޑިއަންސް ކެޕްޓަންކަމާ ދުރަށް

Dec 16, 2023, 7:52 AM
10 އަހަރަށް ފަހު ރޯހިތު މުމްބާއީ އިންޑިއަންސް ކެޕްޓަންކަމާ ދުރަށް

މުމްބާއީ، އިންޑިއާ (ޑިސެމްބަރު 16) - ދުނިޔޭގެ އެންމެ މަގުބޫލު އެއް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު ޓީމު، މުމްބާއީ އިންޑިއަންސްގެ ކެޕްޓަން، ރޯހިތު ޝަރްމާ، އެ މަގާމުން ވަކިވެއްޖެ އެވެ.

އައިޕީއެލްގެ އަންނަ ސީޒަނުގައި މުމްބާއީ އިންޑިއަންސްގެ ކެޕްޓަންކަން ކުރާނެ ކަމަށް އެ ޓީމުން އިއުލާނުކޮށްފައިވަނީ ގުޖުރާތު ޓައިޓަންސްގެ ކެޕްޓަން، އޯލްރައުންޑަރު، ހާޑިކް ޕާންޑްޔާ އެެވެ. ހާޑިކް ޕާންޑްޔާ އާއި އޭނާގެ ބޭބެ، ކްރުނާލް ޕާންޑްޔާ ވަނީ ކުރިން މުމްބާއީ އިންޑިއަންސް އަށް ކުޅެފަ އެވެ.

ހާޑިކް ޕާންޑްޔާ ވަނީ 2016 އިން ފެށިގެން 2021 އަށް މުމްބާއީ އިންޑިއަންސް އަށް ކުޅެފަ އެވެ.

މުމްބާއީ އިންޑިއަންސް ދޫކޮށް، ހާޑިކް ޕާންޑްޔާ ކުޅުނު ގުޖުރާތު ޓައިޓަންސް، ވަނީ މިދިޔަ ދެ ސީޒަނުގައި އައިޕީއެލް ފައިނަލުގައި ކުޅެ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ގުުޖުރާތު ޓައިޓަންސް މެޗެއްގެ ތެރެއިން ހާޑިކް ޕާންޑްޔާ: އޭނާ އަކީ މިދިޔަ ދެ ސީޒަނުގައި އެ ޓީމުގެ ކެޕްޓަން.

މުމްބާއީ އިންޑިއަންސް އިން ބުނީ ކެޕްޓަންކަން ރޯހިތު އަތުން ނަަގައި، ހާޑިކް ޕާންޑްޔާ އަށް ދޭން ނިންމީ މުސްތަގުބަލަށް ޓީމެއް ބިނާކުރަން އާ ލީޑަރެއް ކަނޑައަޅައިގެން ކުރިއަށްދިއުމުގެ ގޮތުން ކަމަށެވެ.

އައިޕީއެލްގެ އެންމެ ކާމިޔާބު ދެ ޓީމަކީ ޗެންނާއީ ސުޕަ ކިންގްސް އާއި މުމްބާއި އިންޑިއަންސް އެވެ. ދެ ޓީމުން ވެސް ވަނީ ފަސް ތަށި ހޯދައިފަ އެވެ.

މުމްބާއީ އިންޑިއަންސްގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ، އެންމެ ފުރަތަމަ 2013 ވަނަ އަހަރު ކެޕްޓަނަކަަށް ހަމަޖެއްސި ރޯހިތު އެވެ. މުމްބާއީ އިން ފަސް ތަށި ހޯދިއިރު، ވެސް ޓީމުގެ ކެޕްޓަނަކީ، ރޯހިތު އެވެ.

ރޯހިތު، ކެޕްޓަނެއްގެ ގޮތުގައި ހުރެ، މުމްބާއީ އިންޑިއަންސް އިން ކުޅުނު 158 މެޗުގެ ތެރެއިން 87 މެޗުން މޮޅުވިއިރު، ބަލިވީ 67 މެޗުންނެވެ.

މުމްބާއީ އިންޑިއަންސްގެ ގްލޯބަލް ހެޑް އޮފް ޕާފޯމަންސް، މަހޭލާ ޖަޔަވަރްދަނޭ ބުނީ ރޯހިތު ކެޕްޓަނެއްގެ ގޮތުގައި ހުރެ ދެއްކި ތަފާތު، ދެން ތިބި ކުޅުންތެރިން މިސާލެއްގެ ގޮތުގައި ނަގަން ޖެހޭ ކަމަށެވެ. އަދި އަލަށް ޓީމުގެ ކެޕްޓަންކަން ކުރާ ހާޑިކް ޕާންޑްޔާ އަކީ، އައިޕީއެލްގެ މިދިޔަ ދެ ސީޒަނުގައި ލީޑަރެއްގެ ގޮތުގައި ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކެޕްޓަން އެވެ.

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox