ްއިޒްރޭލާއެކު އޮންނަ ގުޅުމަށް ނުރުހުން ފާޅުކޮށް ތުރުކީގެ މަޖިލީހުގައި ވަކާލާތު ކުރައްވަނިކޮށް ހާޓްއެޓޭކް ޖެހުނު މެންބަރު އަވަހާރަވެއްޖެ

ތުރުކީގެ ފެލިސިޓީ ޕާޓިއަށް ނިސްބަތްވާ ބިޓްމެޒް

ތުރުކީގެ ފެލިސިޓީ ޕާޓިއަށް ނިސްބަތްވާ ބިޓްމެޒް

ތުރުކީގެ ސަރުކާރުން އިޒްރޭލާއެކު ބާއްވާ ގުޅުންތަކާ ދެކޮޅަށް އެގައުމުގެ މަޖިލީހުގައި ވަކާލާތު ކުރައްވަނިކޮށް ހާޓްއެޓޭކެއް ޖެހުނު އިދިކޮޅު މެންބަރު، ހަސަން ބިޓްމެޒް އަވަހާރަވެއްޖެ އެވެ.

ތުރުކީގެ ފެލިސިޓީ ޕާޓިއަށް ނިސްބަތްވާ ބިޓްމެޒް އަވަހާރަވީ ހާޓްއެޓޭކު ޖެހުނުތާ ދެ ދުވަސް ފަހުން ތުރުކީގެ ވެރިރަށް، އަންކާރާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އުމުރުން 54 އަހަރުގެ ބިޓްމެޒްއަށް ހާޓްއެޓޭކެއް ޖެހުނީ ތުރުކީގެ ރައީސް ރަޖިބް ތައްޔިބު އުރުދުގާން ނިސްބަތްވެލައްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓު ޕާޓީން ވިޔަފާރީގެ ނަމުގައި އިޒްރޭލަށް ވާގިވެރިވެ އެހީތެރިވެދޭ ކަމަށް ވިދާޅުވެ ވަރުގަދަ ތުހުމަތުތަކެއް ކުރައްވައި މިދިޔަ އަންގާރަ ދުވަހު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ދަނިކޮށެވެ.

"އިޒްރޭލަށް ދަތުރުކުރާ ބޯޓުފަހަރަށް ކަލޭމެން ހުއްދަ ދެނީ ލަދެއްނެތި، އެއީ ވިޔަފާރި ކަމަށް ބުނެފައި... ކަލޭމެންނަކީ އިޒްރޭލުގެ ވާގިވެރިން،" 20 މިނެޓަށް ދިގުދެމިގެންދިޔަ އެ ތަގުރީރުގައި ބިޓްމެޒް ވިދާޅުވެފައިވެ އެވެ.

އެ ތަގުރީރުގައި ބިޓްމެޒް ވަނީ އިޒްރޭލުން ގާޒާގައި ގަތުލުއާއްމުތައް ހިންގަމުން ދަނިކޮށް ވެސް އިޒްރޭލާއެކު ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް އުރުދުގާން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އިޒްރޭލުގެ ޔަހޫދީންނަށް ވެސް އެ ތަގުރީރުގައި ބިޓްމެޒް ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ.

"ތާރީހު ހިމޭން ކުރަން އުޅުނަސް، ހަގީގަތް ސިއްރެއް ނުވާނެ، އެމީހުން [ޔަހޫދީން] ހީކުރަނީ އަހަރުމެންގެ [މުސްލިމުންގެ] ކިބައިން މިންޖުވެއްޖެނަމަ އެމީހުންނަސް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް، އެކަމަކު އަހަރުމެންގެ ކިބައިން ސަލާމަތްވިޔަސް ކަލޭމެންގެ އަމިއްލަ ނަފުސުގެ ވޭނުން ސަލާމަތެއް ނުވެވޭނެ، ދުނިޔޭގެ ތާރީހުގައި ކަލޭމެންނަށް އަދަބުން ސަލާމަތްވެވުނު ނަމަވެސް ﷲ ގެ ކޯފާއިން ކަލޭމެންނަށް ސަލާމަތެއް ނުވެވޭނެ،" ހާޓްއެޓޭކް ޖެހިގެން ވެއްޓުމުގެ ކުރިން، އިޒްރޭލުގެ ޔަހޫދީންނަށް މުހާތަބު ކުރައްވައި އެންމެ ފަހު ޖުމުލައަކަށް ބިޓްމެޒް ވިދާޅުވެފައިވެ އެވެ.

ތުރުކީއާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުން ދުވަސްތަކަކަށް ހީނަރުވެފައި އޮތުމަށްފަހު އުރުދުގާން ވަނީ އިޒްރޭލާއި ތުރުކީގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތަކެއް މިފަހުން ކުރައްވައިފަ އެވެ. ނަމަވެސް ފާއިތުވީ ދުވަސްތަކުގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާއްމުތަކާ ދެކޮޅަށް އެންމެ ބޮޑަށް ނުރުހުން ވެސް ފާޅު ކުރައްވާފައި ވާ އެއްބޭފުޅަކީ އުރުދުގާން އެވެ.

ތުރުކީގެ އިތުރުން އިސްލާމީ ބޮޑެތި ގިނަ ގައުމުތަކުން ވެސް އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.

ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގައި އިއްޔެ ވަނީ ބިޓްމެޒްގެ ޖަނާޒާ ބާއްވައިފަ އެވެ. ބިޓްމެޒް ފަސްދާނުލާފައި ވަނީ ތުރުކީގެ ދިދައަކާއި ފަލަސްތީނުގެ ދިދައަކާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox