ދިވެހިންގެ މެދުގައި މަގުބޫލް ހިކު ކުރު ބްރޭންޑު، ކޯސްޓްގެ އާ ސައިޒެއްގެ ޕެކެޓެއް ބީއެޗްއެމް އިން ބާޒާރަށް ނެރެފި އެވެ.
އެ ކުންފުނިން އަލަށް ތައާރަފުކުރީ 1،600 ގްރާމް ޕެކެޓެވެ. މިއާއެކު ބާޒާރުގައި މިހާރު ކޯސްޓް ކިރުގެ ތިން ސައިޒެއްގެ ޕެކެޓު ލިބެން ހުންނާނެ އެވެ. އެއީ އަލަށް ތައާރަފުކުރި 1،600ގްރާމް ޕެކެޓާއި، 2،250 ގްރާމްގެ ޕެކެޓު އަދި 800 ގްރާމުގެ ޕެކެޓެވެ.
ކޯސްޓް ކިރަކީ ޒަމާނުއްސުރެ ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ހިކި ކިރެވެ. ބީއެޗްއެމް އިން ރާއްޖެއަށް ކޯސްޓް ހިކި ކިރު އެތެރެކޮށް ވިއްކާތާ ގާތްގަނޑަކަށް 34 އަހަރު ވެފައިވާއިރު އޭގެ މަގުބޫލުކަމަށް، ރަހަޔަކަށް ބަދަލެއް ނާދެ އެވެ.
ކޯސްޓް ހިކި ކިރު 1989 އިން ފެށިގެން ރާއްޖެ އެތެރެކުރުމުގެ އޮތަރައިޒްޑް ކުންފުންޏަކީ ހަމައެކަނި ބީއެޗްއެމް އެވެ.
ބީއެޗްއެމް އަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ. ދިވެހިންގެ ދޫތަކަށް އެންމެ ކަމުދާ، ވަގުތުން ތައްޔާރުކޮށްލެވޭ ޔޭޔޭ ކޮފީ ވެސް އެތެރެކުރަނީ އެ ކުންފުނިންނެވެ. އޭގެ އިތުރުން "ހޯސެން" އަދި "މައިބޭބީ" ފަދަ އެތައް ބްރޭންޑެއްގެ ސޯލްޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.
އެ ކުންފުނީގެ އޮންލައިން ފިހާރައިން އިންވެސް ވިޔަފާރިކޮށްލެވޭނެ އެވެ.










