ރާއްޖޭގައި އާލާވަމުންދާ މިނިކާ ޖަނަވާރުންގެ މައްސަލަ

ރާއްޖޭގައި އާލާވަމުންދާ މިނިކާ ޖަނަވާރުންގެ މައްސަލަ

ރާއްޖޭގެ ހިކިފަސްތަނުން ނުވަތަ އެއްގަމުން ފެންނާނެ އެންމެ ބޮޑު ޖަނަވާރަކީ ބުޅާކަމުގައި ބުނެވިދާނެ އެވެ. ވެލާކަހަނބަކީވެސް އެއީ އޭގެ ޒާތުން އެއްގަމު ޖަނަވާރަކަށް ނުވާތީ އެވެ. ރާއްޖޭގެ ރަށެއްގެ މަގުމަތިން ނުވަތަ އެއިން ރަށެއްގެ ވަލުތެރެއިންވެސް އިންސާނުން ފިޔަވައި ދިރިއުޅޭ މަހުލޫގުންތަކަކަށް ފެންނަނީ އެކި ބާވަތުގެ ފަނިފަކުސާއާއި، ދޫނިސޫފާސޫތްޕާއި، ބުޅާ، ހިކަނދިމީދާ، ހޯނު ކުރަފި ސެއްޅި އަދި އެޔަށްވުރެ ކުޑަ ސޫފިތަކެވެ. ނަންނުގަތި ފަދަ ބިރުގަންނަ ޒާތުގެ އެއްޗެއް ވެސް ފެންނަނީ މަދުންނެވެ. ރާއްޖެއަކީ އެތައް ގޮތަކުން އަމާން ގައުމަކަށްވީ ފަދައިން، ރާއްޖޭގައި ނުރައްކާތެރި، ނުވަތަ މީހުންނަށް ހަމަލާދީފާނެ ފަދަ ޖަނަވާރުތަކެއް ނޫޅެ އެވެ.

މިސަބަބަށްޓަކައި ޒަމާނުއްސުރެ ޖަނަވާރަކު ޖަނަވާރަކަށް ހަމަލާދޭ ތަން ވެސް ދިވެހިންނަކަށް ނުފެނެ އެވެ. އެންމެ ބޮޑު ވަރަކަށް ވެސް ދިވެހިރާއްޖެއިން ފެންނާނީ ހާލަކު ކުކުޅަކަށް ބިސްދޭ މަންޒަރެވެ. ދިވެހިންގެ ތަބީއަތުގައި ވެސް ސުލްހަމަސަލަސްކަމަށް އެހާބޮޑު ލޯތްބެއް ދެވިފައިވަނީ، މިހެންވީމާ ކަމަށްވެސް ވެދާނެ އެވެ.

ތާރީހުން ދެއްކި މިހަގީގަތް މިހެން އޮއްވައި ބަދަލުވަމުންދާ ކުލަތަކުން ފެންނާން މިފެށި މަންޒަރުތައް ވަރަށްވެސް އާދަޔާ ހިލާފެވެ. ބޮޑެތި މިނިކާ ޖަނަވާރުތައް ޒަމާނުއްސުރެ ދިރިއުޅެމުންދިޔަ ގައުމުތަކުގެ މީހުން އެތަކެތި އޮޅުކޮށް، އެތަކެތި އިންސާނުންގެ ހިދުމަތަށް ހާއްސަކޮށް، އެތަކެއްޗާ ބަސްމޮށެއުޅޭނެ ގޮތް ހޯދައި، އެސޮރުމެންނަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށްލައިފި އެވެ. ބައެއް ފަހަރަށް ބޭހާއި ވެކްސިން ދީގެންވެސް އެސޮރުމެންގެ ނޮހޮރުއްޕާން ކުޑަކުރީ އެކަންޏެއް ނޫނެވެ. އެއީ ހިދުމަތްތެރީންކަމުގައިވެސް ހެދީ އެވެ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖެތޯ އެވެ؟ އިހު ޒަމާނުއްސުރެ ނުރައްކާތެރި ޖަނަވާރެއް ނެތް މިތަނުގައި އިންސާނުންގެ ސިފައިގައި ޖަނަވާރުންތަކެއް އާލާވަމުންދަނީ އެވެ. އެހެރަ ތަނުން މާރާމާރީއެއް މިހިރަ ތަނުން މަރެކެވެ. އެތަނުން ވައްކަމެއް މިތަނުން ފޭރުމެކެވެ. ތިން ހަތަރު ރަށުގައި ފަސްހަތަނުގައި އެއްފަހަރާ ހިންގާލާ ލޭއޮހޮރުވުންތަކެވެ.

މިހެން މިކަން މެދުވެރިވާން ދިމާވާ ވަރަށް އާންމު ދެ ސަބަބެއް އޮތްކަމުގައި އަޅުގަނޑަށް ފެނެ އެވެ. ދެ ސަބަބު އެއްކޮށްލާފައި ބަލައިފިއްޔާ އެއް ސަބަބުކަމަށް ވެސް ވެދާނެ އެވެ. އެއްކަމަކީ މިސާލަކަށް ދިވެހިން ކަނޑުތަކުގެ ދިރުން ނެތިދާނެތީ މިޔަރު ހިމާޔަތްކުރީމާ ވަމުންދާ ގޮތެވެ. މިޔަރު ހިމާޔަތްކުރި ކުރީނުން އެހެނިހެން މަސްވެރިކަމުގެ އިތުރުން އިންސާނުންނަށް ވެސް އޭގެ ނުރައްކާތެރިކަން ފޯރާ ހިސާބަށް ގޮސްފި އެވެ. އެކަމަކު ތިމާވެށި ދެކެ ގަންނާކުރައްވާ ބިރަކުން މިޔަރުގެ މަސްވެރިކަން ހުއްދަކޮށްލާކަށް ނުކެރުނެވެ. އެސޮރުމެންގެ ހަމަލާއިން މަރުވެދާ އެހެން ތަކެއްޗަކީ ތިމާވެށީގައި ހިމެނޭ ތަކެއްޗަށް ނުވަނީތޯއްޗެކެވެ.

މިޔަރެކޭ އެއްފަދައިން މިފަހަކުން ރާއްޖޭގައި ހިމާޔަތްކުރެވުނު އެންމެ ބޮޑު އެއްޗަކީ މަސްތުވާތަކެތީގެ ވިޔަފާރިތަކާއި، އެތަކެތި ބޭނުންކޮށް ބުއްދި ލުހެލުމާއި، އޭގެ އަވައިގައި ބުއްދި ލުހެލައިގެން އިންސާނުންގެ ކެޓަގެރީން ބޭރުވެ ކުށްކުރަމުންދާ ފަރާތްތަކެވެ. އަސާސީ ހައްގުތަކެއްގެ ނަމުގަ އެވެ. މިއީ ހަމަ ކަނޑައެޅިގެން ފެންނާން އޮތް އެއް ސަބަބެވެ. ދެވަނަ ސަބަބަކީ، އަހަރެމެންނަކީ އާދަމުގެ ދަރީން ނޫންކަމާއި، އަހަރެމެންނަކީ ހަމަ ޖަނަވާރެއްގެ ދަރީންކަމަށް ގަބޫލުކުރާ މުޖުތަމައެއް ބިނާވަމުންދިއުމެވެ. މި ދެ ސަބަބު އެއްކޮށްފައި އެއް ސަބަބުގެ ގޮތުގައި ދަންނަވާނަމަ، ދަންނަވަންޖެހޭނީ ދީނާ ދުރުވުންކަމުގަ އެވެ.

އިސްލާމްދީން އަންގަނީ އަހަރެމެން އިންސާނުންނަކީ ޖަނަވާރުންނާ ތަފާތު ބަޔެއް ކަމަށެވެ. އަހަރެމެންނަކީ އާދަމުގެ ދަރީންކަމަށެވެ. އާދަމުގެ ދަރީންނާ ބެހޭ ގޮތުން އަލްއިސްރާއު ސޫރަތުގެ 70 ވަނަ އާޔަތުގައި އޮންނަނީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މަތިވެރިކުރެއްވީމެވެ. އަދި އެމީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެމީހުންނަށް ރަނގަޅު ތަކެތިން ރިޒުގުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެމީހުން މަތިވެރި ދަރަޖައަކަށް މަތިކުރެއްވީމެވެ."

މިއާޔަތަށް ވިސްނުމެއް ހިންގަވާ ބައްލަވާށެވެ! އާދަމުގެ ދަރިން އެހެން ބައިވަރު ތަކެއްޗަށްވުރެ މަތިވެރިކުރެއްވި ވާހަކައާއެކު އެއްގަމާއި ކަނޑުގައި އުފުލެއްވި ވާހަކަ ބަޔާންވެފައި އެބަ ވެއެވެ. ވަރަށް ބޮޑަށް އިންސާނުން ވަނީ އުފުލިގެންނެވެ. މަތިންދާ ބޯޓުތަކުން ފެށިގެން ގޮސް އެހެން ޕްލަނެޓްތަކާ ހަމައަށް އުފުއްލެވިގެންވަނީ އިންސާނުންނެވެ. ޖަނަވާރުންނެއް ނޫނެވެ. މިކަންކަން މިހެން މެދުވެރިވީ އިންސާނާގެ ބުއްދި މޮޅުކަމުންކަމަށްވާނަމަ، އޭގެ ސަބަބު ހަމަ މިއާޔަތުގައި އެވަނީ ބަޔާންކުރައްވާފަ އެވެ. "ރަނގަޅު ތަކެތިން ރިޒްގު ދެއްވުމެވެ." ކާބޯތަކެތި ރަނގަޅުވުމެވެ. ގެއްލުންހުރި ކޮންމެ އެއްޗެއް ހަރާންކުރެއްވުމާއެކު، ބުއްދިއަށް ގެއްލުންދޭ ތަކެތި އަދި މާބޮޑުކޮށް ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އިސްލާމްދީނުގަ އެވެ.

އިސްލާމްދީން ފުރަތަމަ ބުނެދެނީ އާދަމުގެ ދަރިންނަކީ އާދަމުގެ ދަރިންކަމެވެ. ދެން ބުނެދެނީ އެއާދަމުގެ ދަރިން އެހެން ތަކެއްޗާ ފަރަގުވެދިޔަ އެންމެ އަސާސީ ކަންތައް އަބަދުމެ ދެމެހެއްޓުމުގެ މުހިންމުކަމެވެ. އަދި އެކަމަށް ކޮށަންޖެހޭ އެންމެހާ މަގުތަކެއްކޮށާ ބަންދުކުރަންޖެހޭ ހުރިހާ ދޮރުތަކެއް އިސްލާމްދީން ބަންދުކުރެ އެވެ.

އެޔާއެކު ދެން ހުރި އިރުޝާދުތަކާއި ނަސޭހަތްތަކަށް ނަޒަރެއް ދެމާހެއްޔެވެ؟ އަލްއަންޢާމް ސޫރަތުގެ 151 ވަނަ އާޔެތެވެ. " އަދި ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް، ހައްގަކާ ނުލައި ނުމަރާށެވެ!" އަލްޤަޞަޞް ސޫރަތުގެ 77 ވަނަ އާޔަތެވެ. "އަދި ﷲ ތިބާޔަށް އިހުސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް އިހުސާންތެރިވާށެވެ! އަދި ބިމުގައި ފަސާދައުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެ އެވެ."

މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. "ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރު ވަނީ ތިޔަބައިމީހުންގެ މެދުގައި ހުރުމަތްތެރިކުރެވިގެންނެވެ." އަދި "އަނިޔާދިނުމެއް ވެސް އަނިޔާ ލިބިގަތުމެއް ވެސް ނުވެ އެވެ." އަދި "މީހެއްގެ އަބުރާމެދު ނުވަތަ އެހެންވެސް ކަމަކާމެދު އަނިޔާއެއް ދީފައި އޮތް މީހަކު ނަމަ، އެދުވަހެއްގައި ތިމާއަތުގައި ދީނާރެއް ދިރުހަމެއް ނޯންނާނެ ދުވަހުގެ ކުރިން އެކަމެއް ހައްލުކުރާށެވެ. އެހެންނޫނީ އެދުވަހުން އޭގެ ބަދަލުގައި އެޔާއެއްވަރަށް އޭނާގެ ކިބައިން އޭނާގެ ހެޔޮ އަމަލު އަތުލެވޭނެ އެވެ. އަދި ހެޔޮކަމެއް ނެތްނަމަ، އަނިޔާލިބުނު މީހާގެ ނުބައިކަންކަން އޭނާގެ ކިބައިގައި އެޅުވޭނެ އެވެ."

އަދިވެސް ހަދީސް ކުރައްވާފައި ވެއެވެ. "މީސްތަކުންކުރެ ﷲ ގެ ހަޒުރަތުގައި އެންމެ ނުރުހިވޮޑިގެންވާ ބަޔަކީ ދެކޮޅުހަދާ ޒުވާބުކުރާ މީހުންނެވެ." އަދި "އެމީހެއްގެ އެކުވެރިޔާއާ ދިމާއަށް ތޫނު އެއްޗަކުން އިޝާރާތްކޮށްފި މީހާއަށް މަލާއިކަތުން ލައުނަތް ދެއެވެ." އަދި "ތިޔަބައިމީހުން އެކަކު އަނެކަކަށް ހަތިޔާރުން އިޝާރާތްނުކުރާށެވެ. ފަހެ ހަމަކަށަވަރުން ޝައިތާނާ އޭނާގެ އަތުގައިވާ އެއްޗަށް ފާވެގަންނާނެ އިރެއް ނޭނގޭނެ އެވެ. އޭގެ ސަބަބުން އެމީހަކު ވެއްޓޭނީ ނަރަކައިގެ ވަޅުގަނޑަކަށެވެ."

އަދިވެސް ހަދީސްކުރައްވާފައި ވެއެވެ. "ތިޔަބައިމީހުން ހަސަދަވެރިނުވާށެވެ! ތަކެތީގެ ހަމައަގު ގެއްލުވާނުލާށެވެ! އަދި ތިޔަބައިމީހުން ރުޅިވެރިކަން ނުގެންނާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ! އެކަކު ގަނެފައި އޮތް އެއްޗެއް އަނެކާ އެމައްޗަށް އަގުކިޔައިގެން ނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ ގެ އަޅުންގެ ގޮތުގައި އެކުވެރިންކަމުގައިވާށެވެ! މުސްލިމަކީ އަނެއް މުސްލިމެއްގެ އެކުވެރިޔާ އެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox