އަމީތާބުގެ ޝޯ: މުއިއްޒަކީ ރައީސްކަން އެނގުނީ "އިންޑިއާ އައުޓް" އާ ހެދި!

ކޯން ބަނޭގާ ކަރޯޑުޕަތީ ހުށަހަޅައިދޭ ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން: މިދުވަސްކޮޅު އިންޑިއާ މީޑިއާތަކުގައި ރާއްޖެއަށް އޮތް ސަމާލުކަން ބޮޑު -- ފޮޓޯ/ސެޓް އިންޑިއާ

ކޯން ބަނޭގާ ކަރޯޑުޕަތީ ހުށަހަޅައިދޭ ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން: މިދުވަސްކޮޅު އިންޑިއާ މީޑިއާތަކުގައި ރާއްޖެއަށް އޮތް ސަމާލުކަން ބޮޑު -- ފޮޓޯ/ސެޓް އިންޑިއާ

ބޮލީވުޑްގެ އަލިގަދަ ތަރި އަމީތާބް ބައްޗަން ހުށަހަޅައިދޭ މަޝްހޫރު ޓީވީ ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގައި ރާއްޖޭގެ ރިޔާސީ އިންތިހާބާ ގުޅޭ ސުވާލެއް އަހައިފި އެވެ.

އަމީތާބް އެ ޝޯގެ ބައިވެރިޔަކާ ކުރި ސުވާލަކީ "އިބްރާހިމް މުހައްމަދު ސޯލިހު ބަލިކޮށް މުހައްމަދު މުއިއްޒު ކާމިޔާބުކުރީ ކޮން ގައުމެއްގައި ސެޕްޓެމްބަރު 2023 ގައި ބޭއްވި ރިޔާސީ އިންތިހާބެއްގައިތޯ؟" އެވެ. މި ސުވާލުގެ ޖަވާބުގެ ގޮތުގައި އިހްތިޔާރުކުރަން ދިން ގައުމުތަކީ ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ އާއި މެލޭޝީއާ އާއި ކޮމޮރޮސް އެވެ.

ސުވާލު ކުރުމާއެކީ ޖަވާބު ދޭން ހުރި މީހާ، ނިކަން ފަސޭހައިން ޖަވާބު ދެމުން ބުނީ، އެހާ ފަސޭހައިން ޖަވާބު އެނގުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިންޑިއާ ދެކޮޅު ސިޔާސަތުތަކާ ހެދި ކަމަށެވެ.

Advertisement

ޖަވާބު ރަނގަޅު ކަމަށް ބުނުމަށް ފަހު އަމީތާބް، ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވުމަށް ފަހު ކަން ފާހަގަކުރި އެވެ. އަދި ޕްރޮގްރާމްގެ ބައިވެރިޔާއަށް އެހާ ފަސޭހައިން ޖަވާބު އެނގުނީ ފޮރިން ސާވިސްގައި މަސައްކަތް ކުރުމުގެ ހުވަފެން ބަލާތީ ކަމަށް ބުނެ އަމީތާބް ސަމާސާ ވެސް ކޮށްލި އެވެ.

ރައީސް މުއިއްޒާ އެކު އިންޑިއާ އައުޓަށް އިންޑިއާ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް

އިންޑިއާގެ ގިނަ ބަޔަކު ބަލާ، މަގުބޫލު ޓީވީ ޝޯއެއްގައި އިންޑިއާއާ ދެކޮޅު ސިޔާސަތުގެ ވާހަކަ އެނގޭ ކަމަށް އިންޑިއާ މީހަކު މިބުނީ، ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރި ފަހުން "އިންޑިއާ އައުޓް" ހަރަކާތަށް އެ ގައުމުގެ މީޑިއާތަކުގެ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިންޑިއާ މީޑިއާތަކުގައި ރައީސް މުއިއްޒު މުޅިންހެން ސިފަކޮށްފައި ވަނީ "ޗައިނާއާ ރައްޓެހި، އިންޑިއާއާ ދެކޮޅު" ވެރިއެއްގެ ގޮތުގަ އެވެ. މިކަމަށް ބާރު ދޭން ބޭނުންކުރަނީ އިންޑިއާ އައުޓް ހަރަކާތުގައި އެމަނިކުފާނު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވާތީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ފަންޑު ހޯދައިގެން ހިންގި ގިނަ ޕްރޮޖެކްޓުތަކުގައި ހަރަކާތްތެރިވެފައި ވާތީ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހު މި މަސައްކަތް ފަށްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުގެ މަތިން އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާ ސަރުކާރުގެ މަންދޫބު އަރިހުގައި އެ ވާހަކަ ނަންގަތް ކަމަށް ރައީސް އޮފީހުން ހާމަކުރި އެވެ.

ދުބާއީގައި ބޭއްވި ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު، ކޮޕް 28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކެވިތޯ ސުވާލުކުރުމުން ސާފު ޖަވާބެއް ނުދެއްވަ އެވެ. އެ މަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ގެންދިޔުމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުން އިޖާބަދީ، އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ސިފައިން ގެންދަން އެއްބަސްވެފައިވާ ކަމަށް ބާރުދޭ އެއްވެސް ވާހަކައެއް އިންޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox