އދ. ދިގުރަށުގައި ވިހެވުމަށް ފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލައިލާފައި އޮތް ކުއްޖަކު އިއްޔެ ފެނުނެވެ.
ފުލުހުން ބުނީ އެ ކުއްޖާ ފެނިގެން ފުލުހުންނަށް ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 09:20 ގަ އެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ބިދޭސީ އަންހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފަހުން އެކަން ދޮގުކުރި އެވެ.
މި މައްސަލައިގައި ފުލުހުންގެ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މުހިއްމު ބައެއް ހަބަރު













